
ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލާއެކު އީ-ވޯޓިންގެ ބަހުސް ހޫނުވެފައިވަނިކޮށް އީސީގެ ރައީސްގެ ތަފްސީލީ ޖަވާބެއް!
# އިލެކްޝަންސް ކޮޮމިޝަން-
އިލެކްޓްރޯނިކް ވޯޓިން (އީ-ވޯޓިން) ނިޒާމަކަށް ދިއުމަށް ދިވެހިރާއްޖެ އަދި ތައްޔާރު ނޫންކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޝަކީލް ވިދާޅުވީ، އީ-ވޯޓިން ނިޒާމަކަށް ދިއުމުގެ ކުރިން އެކަމާމެދު ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރިކުރުވަން ޖެހޭކަމަށެވެ. ރާއްޖެއަށް އީ-ވޯޓިން ގެނައުމަށް މާއްދީ ނުވަތަ ވަސީލަތްތަކުގެ ހުރަހެއް ނެތް ނަމަވެސް، އެފަދަ ނިޒާމެއް ބަލައިގަތުމަށް ދިވެހި މުޖުތަމަޢު އަދި ތައްޔާރު ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.
އަދި ވޯޓުލުމުގެ އިންތިޒާމްތައް އީ-ވޯޓިންއަށް ބަދަލުކުރަންވާނީ، އެ ނިޒާމަކީ ކޮބައިކަން އާންމުންނަށް އަންގައިދީ، ރައްޔިތުންގެ އިތުބާރު އެކަމަށް ލިބުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަދި އަޅުގަނޑުމެންގެ މުޖުތަމަޢު އޮތްގޮތުން އީ-ވޯޓިންއަށް ތައްޔާރެއް ނޫން. އެއީ މިދަންނަވާހެން މި ނިޒާމާއި މެދު އެކި ގޮތްގޮތަށް ވާހަކަ އެބަދެކެވޭ. އީ-ވޯޓިން ނިޒާމްގެ ވާހަކަ ދެކެވޭ އިރު އޮޅުވާލަން މަސައްކަތްކުރަނީއޭ ބުނެ ވާހަކަ އެބަދެކެވޭ. އީ-ވޯޓިން ނިޒާމަކަށް ދިއުމުގެ ކުރިން ހޭލުންތެރިކޮށް ހަގީގީ މައުލޫމާތު ފޯރުކޮށްދޭންޖެހޭ،" ޝަކީލް ވިދާޅުވިއެވެ.
އީސީގެ ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލާއެކު އީ-ވޯޓިންގެ ބަހުސް ސިޔާސީ މައިދާނުގައި ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.
މި ބިލު މެދުވެރިކޮށް އީ-ވޯޓިންއަށް މަގުފަހިކުރަނީ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި ނަމަވެސް، އެފަދަ އެއްވެސް މަސައްކަތެއް އީސީން ކުރަމުން ނުދާކަމަށާއި، އެ ބިލުގައި އީ-ވޯޓިންއާ ބެހޭ އެއްވެސް މާއްދާއެއް ނެތްކަން އީސީންނާއި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ވަނީ ތަކުރާރުކޮށް ސާފުކޮށްދީފައެވެ.
ގުޅުންހުރި

ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލާއެކު އީ-ވޯޓިންގެ ބަހުސް ހޫނުވެފައިވަނިކޮށް އީސީގެ ރައީސްގެ ތަފްސީލީ ޖަވާބެއް!

ހިތަދޫ އުތުރު ބައި އިލެކްޝަން: 4 ޖެހުމާއި ހަމައަށް 62 އިންސައްތަ މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުން ސޮއިކޮށްފި




