logoEN
PNC TOP 3
ބޭސް އެތެރެކުރަން އުފެއްދި ކުންފުނީގެ އެމްޑީއަކަށް ޑރ ޝާހު މާހިރު!

ބޭސް އެތެރެކުރަން އުފެއްދި ކުންފުނީގެ އެމްޑީއަކަށް ޑރ ޝާހު މާހިރު!

އަހުމަދު ޝުރާއު

logo

9/14/2025, 12:19:09 PM

# ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން

-

ރާއްޖެއަށް ބޭސް އެތެރެކުރުމަށް ސަރުކާރުން ދާފި ފަހުން އުފެއްދި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުގެ މޭނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކޮށްފި އެވެ.

PNC MID 2

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުން މިއަދު ބުނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ޑރ ޝާހު މާހިރު މިއަދު އައްޔަނުކޮށްފައިވާ ކަމަށެވެ. އަދި އެކުންފުނީގެ ބޯޑަށް އާއިޝަތު މުހައްމަދު އާއި ޝިބާނާ އަބްދުالله ދީދީ އައްޔަނުކޮށްފައިވާ ކަމަށެވެ.

މިއަދު އެކުންފުނީގެ އެމްޑީގެ މަގާމަށް އައްޔަނުކުރި ޑރ ޝާހު މާހިރަކީ ކުރީ ސަރުކާރުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި މިއަދާއި ހަމައަށް އޭނާ ހުންނެވީ މާލެ ގްރޫޕް އޮފް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯއަކަށެވެ.

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފެެއްދެވީ މިމަހުގެ 9 ވަނަ ދުވަހު އެވެ.

މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަގުސަދުގައި އުފައްދަވައިފައިވާ ކުންފުންޏެކެވެ.

މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެކެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC