logoEN
WAMCO TOP 1
ސޮބޮސްލައި ލިވަޕޫލުގެ އެއްބަސްވުން އައުކޮށްފި

ސޮބޮސްލައި ލިވަޕޫލުގެ އެއްބަސްވުން އައުކޮށްފި

ހަސަން ޝަމްއޫން

logo

7/18/2026, 2:36:57 PM

# އިނގިރޭސި ޕްރިމިއާ ލީގު# ލިވަޕޫލް# ބޭރު ދުނިޔޭގެ ކުޅިވަރު

ޑޮމެނިކް ސޮބްސްލައި

މިދިޔަ ސީޒަނުގައި ލިވަޕޫލުގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރި، ހަންގޭރީގެ ކެޕްޓަން ޑޮމިނިކް ސޮބޮސްލައި އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށް އިތުރު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

THE TRAVELLER AD

2023 ވަނަ އަހަރު ޖަރުމަނުގެ އާރްބީ ލައިޕްޒިގ އިން 60 މިލިއަން ފައުންޑްގެ ޓްރާންސްފާ ފީއެއްގައި، ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ލިވަޕޫލާއި ގުޅުނު މިޑްފިލްޑަރު އެޓީމާއެކު ހަދާފައިވާ އެއްބަސްވުން ހަމަވަނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަދި އަލަށް އެއްބަސްވި ފަސް އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2031 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އައު އެއްބަސްވުމާއެކު، މިހާރު ސޮބޮސްލައި އަކީ ލިވަޕޫލްގެ އެންމެ މުސާރަ ބޮޑު އެއްކުޅުންތެރިޔާ އެވެ. އަދި އުމުރުން 25 އަހަރުގެ މިޑްފިލްޑަރު ވަނީ ފާއިތުވެދިޔަ ތިން ސީޒަނުގައި ލިވަޕޫލަށް 147 މެޗު ކުޅެ 28 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މީގެ އިތުރުން ސޮބޮސްލައި ވަނީ ލިވަޕޫލާއެކު 2024 ވަނަ އަހަރު ލީގު ކަޕް ކާމިޔާބުކުރުމުގެ އިތުރުން 2025 ވަނަ އަހަރު އެޓީމަށް ޕްރެމިއާ ލީގު ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދީފައެވެ. އަދި ނިމިދިޔަ ސީޒަނުގައި ޓީމެއްގެ ގޮތުގައި ލިވަޕޫލްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނުނު ނަމަވެސް ސޮބްސްލައި ވަނީ މުޅި ސީޒަނުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.

އެގޮތުން މިދިޔަ ސީޒަނުގައި ލިވަޕޫލަށް ކުޅެދުން 53 މެޗުގައި އޭނާ ވަނީ އެޓީމަށް 13 ލަނޑު ޖަހައިދީ، އިތުރު 12 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. މީގެ އިތުރުން ސޮބޮސްލައި ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 65 މެޗުގައި 18 ލަނޑު ކާމިޔާބޮށްފައެވެ.

އައު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މީޑިއާ އާއި ވާހަކަ ދައްކަމުން ސޮބޮސްލައި ބުނީ "އަހަރެން ބޭނުންވަނީ ނަމޫނާ ދައްކަން. އަހަރެން މި ކްލަބާ ގުޅުނުއިރުވެސް ބުނިން ހުރިހާ މުބާރާތެއް ކާމިޔާބުކުރަން ބޭނުންވާ ވާހަކަ. އެކަމަކަށް އެއްވެސް ބަދަލެއް ނާދޭ،" .... އަދި ޑޮމެސްޓިކް މުބާރާތްތަކުގެ އިތުރުން ލިވަޕޫލާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ތައްޔާރަށް ހުރިކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ނިމިދިޔަ ސީޒަނަށްފަހު ލިވަޕޫލް ދޫކޮށް ދިޔަ ފޯވާޑް މުޙައްމަދު ޞަލާޙް ވެސް ވަނީ މީގެ ކުރިން ސޮބޮސްލާއީއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ޞަލާޙް ބުނެފައިވާ ގޮތުގައި ސޮބޮސްލާއީއަކީ މިހާރު ދުނިޔޭގައި ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން އެކެކެވެ.

ކޮމެންޓް
ފަހުގެ
HDC