logoEN
WAMCO TOP 1
5 އަހަރުގެ ޖަލު ހުކުމް: ސަންޖޭ ދަތުގެ ދިރިއުޅުން ބަދަލުކޮށްލި ގޮތް!

5 އަހަރުގެ ޖަލު ހުކުމް: ސަންޖޭ ދަތުގެ ދިރިއުޅުން ބަދަލުކޮށްލި ގޮތް!

ސާރާ އަހުމަދު

logo

7/20/2026, 1:00:00 PM

# ބޮލީވުޑް

--

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަންޖޭ ދަތަކީ އޭނާގެ ދިރިއުޅުމުގައި ތަފާތު ގިނަ އަޑިގުޑަންތަކަކާ ކުރިމަތިލާފައިވާ ތަރިއެކެވެ.

THE TRAVELLER AD

ދާދިފަހުން ދިން އިންޓަވިއުއެއްގައި ސަންޖޭ ވަނީ، އޭނާ ޖަލުގައި ހޭދަކުރަން ޖެހުނު ފަސް އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި ދަސްވި ދިރިއުޅުމުގެ އެންމެ މުހިންމު ފިލާވަޅުގެ ވާހަކަ ހާމަކޮށްފައެވެ.

1993 ވަނަ އަހަރުގެ މުމްބާއީގައި ބޮން ގޮއްވާލައިގެން ދިން ނިރުބަވެރި ހަމަލާއާއި ގުޅުންހުރި މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒުކުރި ސަންޖޭ ބުނީ، ޖަލު ދިރިއުޅުމުން އޭނާއަށް ދަސްވި އެންމެ ބޮޑު ކަމަކީ 'ކެތްތެރިކަން' ކަމަށެވެ. ޖަލަށް ދިއުމުގެ ކުރިން އޭނާއަކީ ވަރަށް އަވަހަށް ރުޅިއަންނަ، އަދި ކަންކަމުގައި ކެތްތެރިކަން ކުޑަ މީހެއް ނަމަވެސް، ޖަލުގެ ތޭރިތަކުގެ ތެރޭގައި ހޭދަކުރި ކޮންމެ ދުވަހަކީ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާ، ކަންކަމަށް އިންތިޒާރުކުރަން ދަސްވި ދުވަސްތަކެއް ކަމަށް އޭނާ ސިފަކުރިއެވެ.

އޭނާ އިތުރަށް ކިޔައިދިން ގޮތުގައި، ޖަލުގައި ހުރިއިރު އޭނާ ވަނީ ގަވާއިދުން ކަސްރަތުކޮށް، ފޮތް ކިޔައި، އަމިއްލަ ނަފްސު އިސްލާހުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ޖަލުން ނުކުތްއިރު އޭނާއަކީ މުޅިން ތަފާތު ވިސްނުމެއް ހުރި، ހަރުދަނާ މީހަކަށް ވެފައިވާ ކަމަށް ސަންޖޭ ބުންޏެވެ.

މި ވާހަކަތަކާއެކު ސަންޖޭ ދަތުގެ ސަޕޯޓަރުން ދަނީ އޭނާގެ ހިތްވަރަށް ތައުރީފުކުރަމުންނެވެ. އަދި ކިތަންމެ ބޮޑު ގޯހެއް ހެދުނަސް، އެއިން އިބުރަތް ލިބިގަނެ ދިރިއުޅުން ބަދަލުކޮށްލެވިދާނެކަން ސަންޖޭގެ ހަޔާތުން ސާބިތުވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC