.jpg&w=3840&q=75)
ލ. މާމެންދޫގެ 18 ކަނބަލުންނާއެކު ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރަން މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފި
# ލ. މާމެންދޫ-
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާއި ލ. މާމެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގުޅިގެން، އެ ރަށުގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ބާއްވާ "މޫދު ކަސްރަތު" ޕްރޮގްރާމް ރަސްމީކޮށް ފަށައިފިއެވެ.

މި ހިނގާ ޖުލައި މަހުގެ 18 ވަނަ ދުވަހުން ފެށިގެން އަންނަ އޮގަސްޓް މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ލ. މާމެންދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި، އެ ރަށުގެ 18 ކަނބަލުން ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމަކީ ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ޞިއްޙަތެއް ހޯދައިދިނުމުގެ އިތުރުން، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމަޢުއެއް ބިނާކުރުމުގެ މުހިންމު މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ތެރެއިން ކުރިއަށްދާ އަމަލީ އަދި ފަންނީ ކުލާސްތައް ނަގައިދެނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ތަޖުރިބާކާރު މުދައްރިބުންނެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ލ. މާމެންދޫގެ 18 ކަނބަލުންނާއެކު ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރަން މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފި

މާމެންދޫގައި "މޫދު ކަސްރަތު" ޕްރޮގްރާމް ފަށައިފި

ހުޅިމެންދޫ ހޮޓެލް ސްކޫލާއި ރިސޯޓު ތަރައްޤީކުރުމުގެ މަސައްކަތް އެމްއޭސީއެލްއަށް!




