logoEN
WAMCO TOP 1
މާމެންދޫގައި "މޫދު ކަސްރަތު" ޕްރޮގްރާމް ފަށައިފި

މާމެންދޫގައި "މޫދު ކަސްރަތު" ޕްރޮގްރާމް ފަށައިފި

ޖަޒްލާ މުހައްމަދު

logo

7/18/2026, 11:04:44 AM

# އެމްއެންޑީއެފް# ލ. މާމެންދޫ

މާމެންދޫގައި "މޫދު ކަސްރަތު" ޕްރޮގްރާމް ފެށުމުގެ ތެރެއިން- ފޮޓޯ: އެމްއެންޑީއެފް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ސެންޓްރަލް އޭރިއާ ކޮމާންޑުން "މޫދު ކަސްރަތު" ޕްރޮގްރާމް ފަށައިފި އެވެ.

THE TRAVELLER AD

އެމްއެންޑީއެފުން ބުނީ ސެންޓްރަލް އޭރިއާ ކޮމާންޑާއި ލ.މާމެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދަނީ މިއަދުން ފެށިގެން މި އަންނަ މަހުގެ 4 ވަނަ ދުވަހާ ހަމައަށެވެ. މި ޕްރޮގްރާމްގައި އެރަށުގެ 18 ކަނބަލުން ބައިވެރިވެފައިވެ އެވެ.

މި ޕްރޮގްރާމްގެ މަގްސަދަކީ ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ސިއްހަތާއި، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުމެވެ. އަދި މި ޕްރޮގްރާމުގައި ކުލާސްތައް ނަގައިދެނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ މުދައްރިބުންނެވެ.

ކޮމެންޓް
ފަހުގެ
HDC