logoEN
Sto top
ހުޅިމެންދޫ ހޮޓެލް ސްކޫލާއި ރިސޯޓު ތަރައްޤީކުރުމުގެ މަސައްކަތް އެމްއޭސީއެލްއަށް!

ހުޅިމެންދޫ ހޮޓެލް ސްކޫލާއި ރިސޯޓު ތަރައްޤީކުރުމުގެ މަސައްކަތް އެމްއޭސީއެލްއަށް!

އަހުމަދު ޝުރާއު

logo

10/21/2025, 8:21:48 AM

# ލ. މާމެންދޫ

-

ލ. ހުޅިމެންދޫގައި ހޮޓެލް ސްކޫލަކާއެކު ރިސޯޓެއް ޤާއިމުކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު، އެމްއޭސީއެލްއާއި ހަވާލުކޮށްފި އެވެ.

Wamco

ސަރުކާރުން މި މަޝްރޫއު އެމްއޭސީއެލްއާއި ހަވާލުކުރީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު ލ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު މާމެންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ވައިސް ޗާންސެލަރ ޑޮކްޓަރ ރަޙީމާ ޢަބްދުއްރަޙީމެވެ. އަދި ރިސޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރައްވާ ފަރާތުގެ ހައިސިއްޔަތުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ.

ހުޅިމެންދޫގައި ސަރުކާރުން ތަރައްޤީކުރަން ކަނޑައަޅާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ މަތީ ފަންތީގައި ޚިދުމަތް ދޭ 5 ތަރީގެ ރިސޯޓެކެވެ.

މާމެންދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ހޮޓެލް ސްކޫލަކާއެކު، ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ މަތީ ފަންތީގައި ޚިދުމަތް ދޭ 5 ތަރީގެ ރިސޯޓެއް، ލ. ހުޅިމެންދޫގައި ތަރައްޤީކުރެއްވުމަކީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ، އަދި ކުރަން ބޭނުންވާ ފަރާތްތަކަށް، ވަކީން ޚާއްޞަކޮށް، ލ. މާމެންދޫގެ ޒުވާނުންނަށް ލިބޭ ވަރަށް ބޮޑު ފުރުޞަތެއްކަމަށް ޤަބޫލުފުޅުކުރައްވާ ކަމުގައި ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC