
މާމެންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ބަނދަރު މަޝްރޫއު އެމްޓީސީސީއަށް!
# ލ. މާމެންދޫ-
ސަރުކާރުން ލ މާމެންދޫގައި ކުރިޔަށްގެންދާ ދެ މަޝްރޫއެއް އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.

ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކުރި ތިން މަޝްރޫއުއަކީ މާމެންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއުއާއި އެރަށުގައި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއެވެ.
މި މަޝްރޫއުތައް ހަވާލުކޮށް ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިޔަށްދިޔައީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު ލ އަތޮަޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށަށް މިއަދު ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އެވެ.
މާމެންދޫ ބަނދަރު މަޝްރޫއުގެ ދަށުން 70,674 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަދި ނެރު ފުންކުރުމާއި 354 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 307 މީޓަރުގެ ސަރަޙައްދެއްގައި ބަނދަރު ބޭރުތޮއްޓެއް ލުމާއި 26 މީޓަރުގެ ސަރަޙައްދެއްގައި ނެރު ބޭރުތޮއްޓެއް ލުމާއި 24 މީޓަރުގެ ސަރަހައްދެއްގައި މޫދު އަޑިއަށްވާ ގޮތަށް ބޭރުތޮއްޓެއް ލުމާއި 88 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 1715 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައި އެވެ. މި މަޝްރޫޢަކީ 67.87 މިލިއަން ރުފިޔާއަށް 400 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއުގެ ދަށުން 21.60 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 2426 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 249 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 282 މީޓަރުގެ ސަރަހައްދެއްގައި އުސް ބޭރުތޮއްޓެއް ލުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައި އެވެ.
މި މަޝްރޫޢަކީ 259.19 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ގުޅުންހުރި

ހުޅިމެންދޫ ހޮޓެލް ސްކޫލާއި ރިސޯޓު ތަރައްޤީކުރުމުގެ މަސައްކަތް އެމްއޭސީއެލްއަށް!

މާމެންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ބަނދަރު މަޝްރޫއު އެމްޓީސީސީއަށް!

މާމެންދޫ ސިއްހީ މަރުކަޒަށް ލެބޯޓަރީގެ ޙިދުމަތް!
