logoEN
WAMCO TOP 1
އޭޝިއަން އޭޖް ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 28 ފެތުންތެރިން ބައިވެރިވެއްޖެ

އޭޝިއަން އޭޖް ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 28 ފެތުންތެރިން ބައިވެރިވެއްޖެ

# ކުޅިވަރު# ދިވެހި ކުޅިވަރު

ފޮޓޯ: މޯލްޑިވްސް އެކުއެޓިކްސް

ތައިލެންޑުގެ ބެންކޮކްގައި މިހާރު ކުރިއަށްދާ 12 ވަނަ އޭޝިއަން އޭޖް ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕް 2026 ގައި ދިވެހިރާއްޖޭގެ ފެތުންތެރިންގެ ޓީމު ބައިވެރިވެއްޖެއެވެ.

THE TRAVELLER AD

ދިވެހިރާއްޖޭގެ ފެތުމުގެ ކުޅިވަރުތަކުގެ ގައުމީ ޖަމިއްޔާ މޯލްޑިވްސް އެކުއެޓިކް އިން ބުނީ، މި ހިނގާ ޖުލައި މަހުގެ 17 އިން 25 އަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން 28 ފެތުންތެރިން ވާދަކުރާނެ ކަމަށެވެ.

މި މުބާރާތުގައި ވާދަކުރާ ފެތުންތެރިންނަކީ އަޒާން އަޒްމީލް ލަތީފް، ދާނިޔަލް އަމީން ފައިސަލް، އިބްރާހިމް ޖޫދު ހުސައިން، އިސްމާއިލް އަޖްމަލް މޫސާ ޒަމީރު، އިޒްޔާން ނާޒިމް، ލޫތު މުހައްމަދު ހުސައިން، މަކީން އަހްމަދު ޝަކީބު، އައިމަން މޫސާ ރަޝީދު، އިބްރާހިމް ޔުއާން ޝަމީމް، މުހައްމަދު އާއިޝް ސިނާން، ޔާސީން މުހައްމަދު ޔޫސުފް، އިސްމާއިލް ހާމް ހުސައިން، މުހައްމަދު ރާހިން ޔޫނުސް، ޒާކިން އަޝްރަފް ރަޝީދު، މުހައްމަދު އަލްޔާން ޝިފާން، އަލްފީ ސަމާހް ހަލީމް، ދާލިއާ އައިދާ ލަތީފް، މަރިޔަމް އަގްސާ އަސަދު ހަނީފް، މަރިޔަމް އައިރާ ޝިރްނީލް، ސާރާ މުހައްމަދު، ސާރާ އަހްމަދު ސައީދު، މަލައިކާ ލިންޑާ އިމްރާން، އަލްޔާ އަޝްރަފް، އަޔާނާ އަރީފް، އައިޝާ ޒާޔާ ހުސައިން، ފާތިމަތު އަންޖަލް ފަޔާޒް، އައިޝަތު އަލީނާ ޝާހިދު އަދި އަލައިޔާ ޝަހުދީ އަންވަރެވެ.

މި ދަތުރުގައި ރާއްޖޭގެ ޓީމުގެ މެނޭޖަރަކީ މުހައްމަދު ވިޝާމް އެވެ. އަދި އެސިސްޓެންޓް މެނޭޖަރަކީ ޚަދީޖާ އީސާފުޅެވެ. ޓީމުގެ ކޯޗުންގެ ގޮތުގައި ހިމެނެނީ އަބްދުލް އަލީމް އަބްދުއްރަހްމާން، މުހައްމަދު ސަމީރު އަދި މުހައްމަދު ޖައުފަރެވެ.

ކޮމެންޓް
ފަހުގެ
HDC