logoEN
WAMCO TOP 1
19 އަހަރުންދަށް ޔޫތު ޗެމްޕިއަންޝިޕް: ފަސޭހަކަމާއެކު ނިއުރޭޑިއަންޓް ބަލިކޮށް މާޒިޔާ އިން ތަށި ދިފާއުކޮށްފި

19 އަހަރުންދަށް ޔޫތު ޗެމްޕިއަންޝިޕް: ފަސޭހަކަމާއެކު ނިއުރޭޑިއަންޓް ބަލިކޮށް މާޒިޔާ އިން ތަށި ދިފާއުކޮށްފި

ހަސަން ޝަމްއޫން

logo

7/17/2026, 9:14:11 PM

# ދިވެހި ކުޅިވަރު # 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް

މާޒިޔާގެ ކުޅުންތެރިންމުބާރާތުގެ ޓްރޮފީއާއެކު.. ފޮޓޯ: ގާފު ސްޕޯޓްސް / އަހުމަދު ރީހާން

19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުގައި ހުކުރު ދުވަހުގެ ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އިން މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ.

THE TRAVELLER AD

27 ޖޫން 2026 އިން 19 ޖުލައި 2026 ނިޔަލަށް ކުރިއަށްދިޔަ މިމުބާރާތުގައި މިއަހަރު ހަ ޓީމަކުން ވާދަކުރިއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.

އެގޮތުން މުބާރާތުގައި ކުޅުނު ފަސް މެޗުން ހޯދި 13 ޕޮއިންޓާއެކު ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި މާޒިޔާ ފައިނަލުން ޖާގަ ހޯދިއިރު، ނިއު ފައިނަލުން ޖާގަ ހޯދީ މުބާރާތުގައި ކުޅުނު ފަސް މެޗުން ހޯދި 11 ޕޮއިންޓާއެކު ލީގު ބުރުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި މިދެޓީމު ލީގު ބުރުގައި ވާދަކުރި މެޗު ނިމިފައިވަނީ 3-3 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި މާޒިޔާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑި ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އައިދާން އަހުމަދު މޫސާ އެވެ.

މާޒިޔާ އިން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު އިލާން އިމްރާން އެވެ. ނަމަވެސް އޭގެ ހަތް މިނެޓު ފަހުން މެޗުގެ 80 ވަނަ މިނެޓުގައި ނިއުރޭޑިއަންޓަށް ލިބުނު ޕެނަލްޓީއަކުން އަހުމަދު އަމްދާން އަޒްލީން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

ނަމަވެސް މެޗުގެ 90 ވަނަ މިނެޓުގައި ނައްސާހު އިބްރާހިމް ނާސިރު ކާމިޔާބުކުރި ލަނޑާއެކު މާޒިޔާ އިން އަލުން ދެލަނޑުގެ ލީޑެއް ހޯދިއިރު، މެޗުގެ އިތުރު ވަގުތުގެ ހަތްވަނަ މިނެޓުގައި އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަލްހާން ފައިސަލް އަމީން އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

ކޮމެންޓް
ފަހުގެ
HDC