
ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2026: މުބާރާތުގެ ގުރުލުން މިރޭ ބޭއްވިއިރު، އެންމެ ފަހުގެ ދެ ޗެމްޕިއަނުން އެއް ގުރޫޕެއްގައި
# ދިވެހި ކުޅިވަރު # އެމްޖީ ސްޕޯޓްސް ކުލަބު# ކާށދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖު 2026ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް ގުރުލުމުގެ ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: އެމްޖީ ސްޕޯޓްސް ކުލަބު
ކ.ކާށިދޫ ސައުންސިލް ފުޓްބޯޅަ ޗެލެންޖް 2026 ގެ ގުރުލުން މިރޭ ބޭއްވިއިރު، މި މުބާރާތުގެ އެންމެ ފަހުގެ ދެ ޗެމްޕިއަނުން އެއް ގުރޫޕެއްގައި ވާދަކުރަންޖެހިއްޖެއެވެ.

ކާށިދޫ ސިއްޚީމަރުކަޒުގެ މީޓިން ރޫމުގައި މިރޭ ބޭއްވި މުބާރާތުގެ ގުރުލުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ވާދަކުރާ ޓީމުގެ އޮފިޝަލުންނާއި ބައެއް ކުޅުންތެރިން ބައިވެރިވެފައިވެއެވެ.
މިމުބާރާތަކީ ކާށިދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަށް އާލާކުރުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް، ކުޅިވަތުގެ ތެރެއިން ޒުވާނުންނަށް ވާދަވެރި މާހައިލެއްގައި އެމީހުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން 2022 ވަނަ އަހަރުން ފެށިގެން ކާށިދޫ ކައުންސިލުން ބާއްވަމުން އަންނަ މުބާރާތެކެވެ.
24 ޖުލައި 2026 އިން 31 ޖުލައި 2026 ގެ ނިޔަލަށް ކާށިދޫ ފުޓްބޯޅަ ދަނޑުގައި ކުރިއަށް މިމުބާރާތުގައި މިއަހަރު ހަ ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރި ހަ ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު މުބާރާތުގެ ސެމީފައިނަލަށް ހޮވޭގޮތަށެވެ.
ޗެމްޕިއަން ޓީމަށް 40000 އަދި ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތް އިންތިޒާމުކޮށް ހިންގުމަށް ކާށިދޫ ކައުންސިލުން މިއަހަރު ހަވާލުކޮށްފައިވަނީ އެމްޖީ ސްޕޯޓްސް ކުލަބާއެވެ. އަދި އެކުލަބުން ވަނީ މިމުބާރާތް މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން އިންތިޒާމުކޮށް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.
މުބާރާތުގެ ގުރުލުން މިރޭ ބޭއްވިއިރު، ގުރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެންޕިއަން އެސްޕީއެސްސީ އާއި 2024 ވަނަ އަހަރުގެ ޗެމްޕިއަން އެމްޖީ ފުޓްބޯޅަ ޓީމާއި ނަމަވެސް ފުޓްބޯޅަ ޓީމެވެ. އަދި ގުރޫޕް ބީގައި ހިމެނެނީ 2023 ވަނަ އަހަރުގެ ޗެމްޕިއަން ފްލަޔާސް އަދި އީއެން ފުޓްބޯޅަ ޓީމުގެ އިތުރުން އެންޖީ ސްޓާޓިންގް އެވެ.
ގުޅުންހުރި

ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2026: މުބާރާތުގެ ގުރުލުން މިރޭ ބޭއްވިއިރު، އެންމެ ފަހުގެ ދެ ޗެމްޕިއަނުން އެއް ގުރޫޕެއްގައި

19 އަހަރުންދަށް ޔޫތު ޗެމްޕިއަންޝިޕް: ފަސޭހަކަމާއެކު ނިއުރޭޑިއަންޓް ބަލިކޮށް މާޒިޔާ އިން ތަށި ދިފާއުކޮށްފި

ގައްދޫގައި ހޭންޑްބޯޅަ ބޭސިކް ކޯޗިން ކޯހެއް ފެށިގެން ކުރިއަށްދަނީ




