logoEN
WAMCO TOP 1
ގައްދޫގައި ހޭންޑްބޯޅަ ބޭސިކް ކޯޗިން ކޯހެއް ފެށިގެން ކުރިއަށްދަނީ

ގައްދޫގައި ހޭންޑްބޯޅަ ބޭސިކް ކޯޗިން ކޯހެއް ފެށިގެން ކުރިއަށްދަނީ

ހަސަން ޝަމްއޫން

logo

7/15/2026, 3:34:55 AM

# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސް

ގައްދޫގައި ކުރިއަށްދާ ބޭސިކް ހޭންޑްބޯޅަ ކޯޗިން ކޯހުގެ ތެރެއިން...

ހޭންޑްބޯޅަ މޯލްޑިވްސް އާއީ ގައްދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން އެރަށުގައި ކުރިއަށްގެންދާ ބޭސިކް ހޭންޑްބޯޅަ ކޯޗިން ކޯސް މިހަފްތާގެ އާދިއްތަ ދުވަހު ފަށައިފިއެވެ.

THE TRAVELLER AD

ހޭންޑްބޯޅަ މޯލްޑިވްސްގެ ނައިބު ރައީސް އަބްދުއްﷲ ސަލީމް ގާފު ސްޕޯޓްސްއަށް މައުލޫމާތު ދެއްވިގޮތުގައި މި ޕްރޮގްރާމަކީ ގައްދޫގެ އިތުރުން މިސަރަހައްދުގައި ހުނަރުވެރި ހޭންބޯޅަ ޖީލެއް ބިނާކުރުމުގެ މަގުސަދުގައި ގައްދޫ ޑަބްލިޔުޑީސީގެ އިސްނެގުމާއެކު ހޭންޑްބޯޅަ މޯލްޑިވްސް އާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމަށެވެ.

މިސަރަހައްދުގައި ހޭންޑްބޯޅައަށް ވަރަށް ބޮޑު ތަރުހީބެއް އެބައޮތް ޒުވާނުންގެ މެދުގައި ނަމަވެސް އެކަށީގެންވާ އަދަދަކަށް ތަމްރީން ލިބިފަ ތިބި ކޯޗުން ނެތްކަން ފާގަކުރެވޭ އަދި މި ކޯހުގެ ސަބަބުން ހޭންބޯޅަ ކޯޗިން ދާއިރާ އިން ކުރިއަށްދިއުމަށް ކޯހުގެ ބައިވެރިންނަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެއެވެ.

އިތުރަށް ވާހަކަދައްކަމުން ސަލީމް ވިދާޅުވީ މިދަތުރުގައި ގައްދޫގެ ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ތިން ދުވަހުގެ ޓްރޭނިންގ ޕްރޮގުރާމެއް ވެސް ކުރިއަށް ގެންދިއުމަށް ހޭންޑްބޯޅަ މޯލްޑިވްސް އިން ރާވާފައިކަމަށެވެ.

12 ޖުލައި 2026 އިން 21 ޖުލައި 2026 ގެ ނިޔަލަށް ގައްދޫގައި ކުރިއަށް ގެންދާ ބޭސިކް ހޭންޑްބޯޅަ ކޯޗިން ކޯހުގައި ޖުމްލަ 19 ފަރާތަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ނުވަ ފިރިހެނުންނާއި 10 އަހަންހެނުންނެވެ. މީގެ އިތުރުން މި ޕްރޮގުރާމުގެ ބައިވެރިންގެ ތެރޭގައި ގައްދޫގައި މަސައްކަތްކުރަށްވާ ރާއްޖެއިން ބޭރުގެ ތިން ޓީޗަރަކު ވެސް ހިމެނެއެވެ.

މީގެ އިތުރުން މި ކޯހުގަ އިންސްޓްރަކްޓަރ ގެ ގޮތުގައި ކިޔަވައި ދެއްވަނީ ގައުމީހޭންބޯލް އަންހެންޓީމް ގެ ކޯޗެއް ކަމުގައިވާ އިބްރާހިމް ހައިޝަމް ޢަބްދުﷲ އެވެ.

ކޮމެންޓް
ފަހުގެ
HDC