logoEN
WAMCO TOP 1
ކަސްޓަމްސްގެ 136ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ކަސްޓަމްސްގެ 136ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

# މޯލްޑިވްސް ކަސްޓަމްސް

ކަސްޓަމްސްގެ އަަހަރީދުވަސް ފާހަގަކުރުމަށް ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ކަސްޓަމްސް

މޯލްޑިވްސް ކަސްޓްމަސް ސަރވިސްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.

THE TRAVELLER AD

ކަސްޓަމްސް ބިލްޑިންގ ގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ހޯމްލޭންޑްސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން އާއި ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް ފާތިމަތު ދިޔާނާގެ އިތުރުން ކަސްޓަމްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

View post on Twitter

ކަސްޓަމްސްއަކީ ދިވެހިރާއްޖޭގެ އެންމެ ގިނަ ދުވަސްވީ މުއައްސަސާއެވެ. 18 ޖުލައި 1890 ވަނަ ދުވަހު ކަސްޓަމްސްގެ ހިދުމަތް ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ ބަންޑާރަ ފިހާރައިގެ ނަމުގައެވެ.

ކަސްޓަމްސްގެ އަހަރީ ދުވަސް ފާހަގަކުރަމުންދަނީ ކޮންމެ އަހަރެއްގެވެސް ޖުލައި 18ވަނަ ދުވަހު އެވެ. ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ މަދަނީ މުއައްސަސާއެއްގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ބަދަލުވެގެންދިޔައީ 11 މެއި 2011 ގައި ތަސްދީގުކުރެވުނު ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ ދަށުންނެވެ.

ކޮމެންޓް
ފަހުގެ
HDC