logoEN
PNC TOP 3
ޔުނީފޯމްއެޅި މުއައްސަސާތަކުގައި އަންހެން މުވައްޒަފުން މަސައްކަތް ކުރަނީ ޒިންމާދާރުކަމާއެކީގަ: ދިޔާނާ

ޔުނީފޯމްއެޅި މުއައްސަސާތަކުގައި އަންހެން މުވައްޒަފުން މަސައްކަތް ކުރަނީ ޒިންމާދާރުކަމާއެކީގަ: ދިޔާނާ

ހުސައިން އަހްމަދު

logo

2/24/2026, 11:49:23 AM

# އަންހެން މުވައްޒަފުން# މޯލްޑިވްސް ކަސްޓަމްސް# ސީޖީ ދިޔާނާ# އަންހެން ފުލުހުން

ފޮޓޯ: ކަސްޓަމްސް

ޔުނީފޯމްއެޅި މުއައްސަސާތަކުގައި އަންހެން މުވައްޒަފުން މަސައްކަތް ކުރަނީ ގޮންޖެހުން ބޮޑު އެހެންނަމަވެސް ޒިންމާދާރުކަމާއެކީގައި ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ ވިދާޅުވެއްޖެއެވެ.

PNC MID 2

ދިޔާނާ މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ދިފާއީ ހިދުމަތުގެ ދާއިރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ބާރުވެރިކުރުމަށާއި، އަންހެން މުވައްޒަފުންގެ ލީޑަރޝިޕް ގާބިލުކަން އިތުރުކުރުމަށް ހަރަކާތްތެރިވާނެ މުވައްޒަފުން މެންޓަރސްގެ ގޮތުގައި ބިނާކުރުމަށް ކުރިއަށް ގެންދިޔަ "ޓްރެއިނިންގ ފޯ ވިމެން މެންޓަރސް" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ވަނީ ޤާނޫން ތަންފީޒުކުރާ، ޔުނީފޯމްއެޅި މުއައްސަސާތަކައް ބަލާއިރު އަންހެން މުވައްޒަފުން، މުޖުތަމައުގައި ކުށްކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުން ފެށިގެން ގޮސް ޓްރެފިކް ބެލެހެއްޓުމަށާއި ބޯޑަރުގައި މުދާ ބަލައި ފާސްކުރުމުގައި އަންހެން މުވައްޒަފުން ހަރަކާތްތެރިވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރަށް ރާއްޖެ އަންނަ ފަސިންޖަރުންގެ ކަންކަން ބެލެހެއްޓުމާއި، ޖަލުތަކުގައި ގައިދީންނާ ގުޅުންހުރި ކަންކަން ބެލެހެއްޓުން ފަދަ މުޖުތަމައުއަށް ބޭނުންތެރި އަދި ގޮންޖެހުންތައް ގިނަ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަންހެން މުވައްޒަފުން ހަރަކާތްތެރިވަނީ ޒިންމާދާރުކަމާއެކުގައި ކަމަށް ދިޔާނާ ވިދާޅުވިއެވެ.

މިމަހުގެ 8 އިން 12 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، މޯލްޑިވްސް އިމިގްރޭޝަނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އަންހެން މުވައްޒަފުން ހިމެނޭހެން 24 މުވައްޒަފުން ބައިވެރިވިއެވެ.

undefined

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ މާލޭ ކެންޕަސްގައެވެ. މި ޕްރޮގްރާމްގެ ތެރެއިން އަންހެން ލީޑަރޝިޕްގެ މުހިންމުކަމާއި އަންހެނުންނަށް ވެސް އެކި ދާއިރާތަކުން ކުރިއަރައިގެންގޮސް އެ މަސައްކަތް ކުރަމުންދާ މުއައްސަސާއެއް ނުވަތަ މުޖުތަމައުއަކަށް ރަނގަޅު ހިދުމަތްތަކެއް ކުރެވޭނެކަން އަންގައިދީފައިވެއެވެ.

އަދި ލީޑަރޝިޕް ޑައިވަރސިޓީ އެންޑް އިންކުލޫޝަންގެ މުހިންމުކަން އުނގަންނައިދީ އެކި ބާވަތުގެ މީހުންނަށް ފުރުސަތުދީ، ވިސްނުމާއި ހުނަރުގެ ބޭނުންކޮށްގެން ކާމިޔާބީއާ ހަމައަށް ވާސިލުވެވޭނެ ގޮތްތައް ކިޔައިދީފައިވެއެވެ.

undefined

އަދި ހިއުމަން މޯޓިވޭޝަންގެ ދަށުން އިންސާނި މިޒާޖާއި ހިތްވަރުދޭނެ ގޮތްތައް ދަސްކޮށްދީ ޓީމެއް ކުރިއަށް ގެންދިއުމުގައި މޯޓިވޭޝަންގެ ދައުރު އުނގަންނައިދީ އަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތްތައް އޮޅުންފިލުވައި ދެވިފައިވެއެވެ. ހަމަ އެހެންމެ ވަޒީފާގެ މާހައުލުގައި އިމޯޝަނަލް އިންޓެލިޖެންސްގެ މުހިންމުކަން އުނގަންނައިދީ ލީޑަރެއްގެ ހައިސިއްޔަތުން އަމިއްލަ ނަފުސު ދެނެގަންނާނެ ގޮތާއި އެހެން މީހުންގެ އިހުސާސްތައް ދެނެގަނެ ކުރިއަރައި ދާނެ ގޮތްތައް ކިޔައިދެވިފައިވެއެވެ.

undefined

އޯގަނައިޒޭޝަނަލް ލީޑަރޝިޕްގެ ދަށުން މުއައްސަސާއެއްގައި ކާމިޔާބީއާ ހަމައަށް ދެވޭނެ އުސޫލުތަކާއި ރާވާލައިގެން ކަންކަން ކުރިއަށް ގެންދާނެ ގޮތްތައް ކިޔާދެވިފައިވުމީ ޕްރޮގްރާމްގެ ބައިވެރިންނަށް ވަޒީފާގެ މާހައުލުގައި ފަސޭހަތަކެއް ވެގެންދާނެ ކަމެކެވެ.

އެތިކްސް އަދި އިންޓެގްރިޓީގެ ތެރެއިން ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ މުހިންމު ކަންކަން މި ޕްރޮގްރާމުން ދަސްކޮށްދެވިފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC