ކަސްޓަމްސްގެ މަސައްކަތް ބައްޓަންވެގެންދާނީ މިހާރަށްވުރެ ޑިޖިޓަލްކޮށް- މިނިސްޓަރު
# މޯލްޑިވްސް ކަސްޓަމްސް# މިނިސްޓަރ އަލީ އިހްސާންކަސްޓަމްސްގެ 136 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ކަސްޓަމްސް ސާވިސް
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މަސައްކަތްތައް ބައްޓަންވެގެންދާނީ ހިދުމަތްތައް ހަރުދަނާކުރެވި މިހާރަށްވުރެ ޑިޖިޓަލް އެންވަޔަރަމަންޓެއްގައި ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 136 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ދެއްވި ހާއްސަ މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ ވަނީ ކަސްޓަމްސްގެ މަސައްކަތްތައް ކުރިއަށް އޮތްތަނުގައި ބައްޓަން ކުރައްވާނެ ގޮތްތަކަށް އަލިއަޅުއްވާލައްވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ކަސްޓަމްސްގެ މަސައްކަތް ބައްޓަންވެގެންދާނީ ހިދުމަތްތައް ހަރުދަނާކުރެވި މިހާރަށްވުރެ ޑިޖިޓަލް އެންވަޔަރަމެންޓެއްގައި ކަމަށެވެ.
"ކުރިއަށް އޮތްތަނުގައި ކަސްޓަމްސްގެ މަސައްކަތް ބައްޓަންވެގެން ދާނީ ޚިދުމަތްތައް ހަރުދަނާކުރެވި ޑިޖިޓަލައިޒް އެންވަޔަރަމެންޓެއްގައި އަދި އެންފޯރސްމަންޓުގައި މިހާރަށްވުރެ ޓެކްނޮލިޖީ އެމްބެޑް ކުރެވިގެން ރާއްޖޭގެ ބޯޑަރުތައް މިހާރަށްވުރެ ސަލާމަތާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ މިއަދަށްވުރެވެސް ފުރިހަމައަށް ކުރުމަށް ކަސްޓަމްސްއިން ކަމަރު ބަންނާނެ." މިނިސްޓަރު އިހްސާން ވިދާޅުވި އެވެ.
މީގެއިތުރުން މިނިސްޓަރު ވަނީ ކަސްޓަމްސްއަކީ ދައުލަތުގެ އެންމެ ދިގު ތާރީހެއް އޮތް މުވައްސަސާއަށްވާއިރު، މި މުވައްސަސާއިން ކުރަމުންދަނީ ގައުމީ ސަލާމަތާބެހޭ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށް ފާހަގަކުރައްވާފަ އެވެ.
ހާއްސަކޮށް ރާއްޖޭގެ ދޮރޯށިތައް ބެލެހެއްޓުމާއި، ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމާއި، ރާއްޖެއަށް ވަންނަ އާމްދަނީގެ ބޮޑު ހިއްސާއެއް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ޒިންމާ ގިނަ ދުވަސްތަކެއް ވަންދެން ކަސްޓަމްސްއިން އިހްލާސްތެރިކަމާއެކު ބަލަހައްޓަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މި ސަރުކާރު އައިފަހުން ރާއްޖޭގެ ބޯޑަރުން ޑްރަގް އަތުލުމާއި، ގާނޫނީ ގޮތުން މަނާކޮށްފައިވާ ތަކެތި ބޯޑަރުން އަތުލައިގަތުމުގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް މި ދެއަހަރާއި ބައިގައި ހޯދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި އަގުހުރި ގައުމީ މަސައްކަތްތަކެއް ކަސްޓަމްސްގެ އޮފިސަރުން ކުރަމުންދާނެ ކަމާމެދު ޝައްކެެއް ނުކުރާ ކަމަށެވެ.
ކަސްޓަމްސްގެ ހިދުމަތްތައް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ކަސްޓަމްސްއިން ދެމުންދަ ހިދުމަތްތައް ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ދިނުމަށްވެސް ގިނަ މަސައްކަތްތަކެެއް ވަނީ ކޮށްފަ އެވެ. އަދި މާލެގެ އިތުރުން އަތޮޅު ތެރޭގައިވެސް ކަސްޓަމްސްގެ އޮފީސްތައް ގާއިމްކޮށް ހިދުމަތްތައް ދަނީ ފުޅާކުރަމުންނެވެ.
ގުޅުންހުރި
ކަސްޓަމްސްގެ މަސައްކަތް ބައްޓަންވެގެންދާނީ މިހާރަށްވުރެ ޑިޖިޓަލްކޮށް- މިނިސްޓަރު

ކަސްޓަމްސްގެ 136ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ސަރުކާރުގެ އަމާޒަކީ ރީއިންޓަރގްރޭޓް ވުމުގެ ފުރުސަތު ހޯދައިދިނުން: އިޙްސާން




