logoEN
WAMCO TOP 1
އުތުރަށް ގަދަވަޔާއެކު ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު!

އުތުރަށް ގަދަވަޔާއެކު ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު!

އަހުމަދު ޝުރާއު

logo

7/4/2026, 12:59:30 PM

# މޫސުމާއިބެހޭ ގައުމީ އިދާރާ

-

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.

THE TRAVELLER AD

މި ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 17:00 އިން ފެށިގެން މިރޭ ދަންވަރު 23:00 ގެ ނިޔަލަށެވެ.

މެޓް އޮފީހުން ބުނީ ހުދު ސަމާލުގެ މުއްދަތުގެ އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. ވައިގަދަވުމުގެ ސަބަބުން މި ސަރަހައްދުގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވެ ވައިގަދަވެފައިވާތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަވެފައިވޭތޯ ކަށަވަރުކުރުމަށް މެޓް އޮފީހުންނާއި ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކުދި އުޅަނދުފަހަރުގައި ދަތުރުކުރުމުގައި ބޮޑަށް ސަމާލުވުން މުހިންމެވެ.

ކޮމެންޓް
ފަހުގެ
HDC