
ޗާގޯސް ސަރަހައްދަށް 5.4 މެގްނިޓިއުޑްގެ ބިންހެލުމެއް؛ ރާއްޖެއަށް ނުރައްކަލެއް ނެތް!
# މޫސުމާއިބެހޭ ގައުމީ އިދާރާ-
އްޖޭގެ އެންމެ ދެކުނުން އޮންނަ އައްޑޫ ސިޓީއާ 933 ކިލޯމީޓަރު ދުރުން، އިންޑިއާ ކަނޑުގެ ޗާގޯސް (ފޯޅަވަހި) ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނި ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ރިކްޓަރ މިންގަނޑުން 5.4 މެގްނިޓިއުޑްގެ ބާރުމިނުގައި، ރާއްޖޭގެ ގަޑިން މިއަދު ހަވީރު 18:01 އެހާކަންހާއިރުއެވެ.
މެޓް އޮފީހުން އިތުރަށް ބުނީ، މި ބިންހެލުމުގެ ސީދާ ނުރައްކަލެއް ރާއްޖެއަށް ނެތް ކަމަށެވެ.
އަދި މި ބިންހެލުމުގެ އަސަރު ރާއްޖޭގެ އެއްވެސް ރަށަކަށް ކުރިކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައިނުވެއެވެ.
ބިންހެލުންތަކުގެ މައުލޫމާތުތައް ހުރި ބޭރުގެ ރިޕޯޓުތައް ބުނާގޮތުގައި މީގެ މަހެއްހާ ދުވަސްކުރީން ވެސް އެސަރަހައްދަށް 4.5 މެގްނިޓިއުޑްގެ ބިންހެލުމެއް ވަނީ އައިސްފައި އެވެ.
ގުޅުންހުރި

ޗާގޯސް ސަރަހައްދަށް 5.4 މެގްނިޓިއުޑްގެ ބިންހެލުމެއް؛ ރާއްޖެއަށް ނުރައްކަލެއް ނެތް!

މޫސުމީ ގެއްލުންތަކުގެ ފަންޑުން ކުދި ޖަޒީރާ ގައުމުތަކަށް މާލީ އެހީ ހޯދައިދޭން ރާއްޖެއިން ވަކާލާތު ކުރަނީ

އުތުރަށް ގަދަވަޔާއެކު ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު!




