logoEN
WAMCO TOP 1
މޫސުމީ ގެއްލުންތަކުގެ ފަންޑުން ކުދި ޖަޒީރާ ގައުމުތަކަށް މާލީ އެހީ ހޯދައިދޭން ރާއްޖެއިން ވަކާލާތު ކުރަނީ

މޫސުމީ ގެއްލުންތަކުގެ ފަންޑުން ކުދި ޖަޒީރާ ގައުމުތަކަށް މާލީ އެހީ ހޯދައިދޭން ރާއްޖެއިން ވަކާލާތު ކުރަނީ

އަހުމަދު ޝުރާއު

logo

7/7/2026, 9:55:00 AM

# މޫސުމާއިބެހޭ ގައުމީ އިދާރާ

-

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ބަދަލު ދިނުމަށް އެކުލަވާލާފައިވާ "ފަންޑު ފޯ ލޮސް އެންޑް ޑެމޭޖް" ނުވަތަ ގެއްލުމާއި ހާނިއްކައިގެ ފަންޑުގެ ބޯޑުގެ 9 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވާން ފަށައިފިއެވެ.

THE TRAVELLER AD

ފިލިޕީންސްގެ މެނީލާގައި މި ޖުލައި މަހުގެ 8 އިން 9 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ޑައިރެކްޓަރ އަޙްމަދު ވަޙީދެވެ. ދިވެހިރާއްޖެ މި ބައްދަލުވުމުގައި ބައިވެރިވަނީ ކުދި ޖަޒީރާ ގައުމުތަކަށް (SIDS) ޚާއްޞަކޮށްފައިވާ ގޮނޑީގެ "އަލްޓަނޭޓް މެންބަރު" ގެ ހައިސިއްޔަތުންނެވެ.

މި ބައްދަލުވުމުގައި ރާއްޖެއިން އެންމެ ބޮޑަށް ވަކާލާތު ކުރަމުންދަނީ މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑު ގައުމުތަކުގެ ހައްގުގައެވެ. ވަކިން ޚާއްޞަކޮށް، މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ނުވަތަ ކްލައިމެޓް ފައިނޭންސް ހަމަހަމަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަށާއި، ބައިނަލްއަގުވާމީ ފެންވަރުގައި މިފަދަ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމަށް ރާއްޖެއިން ދަނީ ބާރުއަޅަމުންނެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމުގައި ރާއްޖެއަކީ ބައިނަލްއަގުވާމީ މައިދާނުގައި ނަމޫނާ ދައްކަމުންދާ ގައުމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދެނީ ތިމާވެށީގެ މައްސަލަތަކުގައި ރާއްޖެ ފަދަ ނާޒުކު ގައުމުތަކުގެ އަޑު ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށެވެ.

މި ބައްދަލުވުމުގެ ސަބަބުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ބަދަލުދޭ ފަންޑު ހިންގުމުގެ އުސޫލުތައް ކަނޑައެޅުމުގައި ކުދި ޖަޒީރާ ގައުމުތަކުގެ މަސްލަހަތު ހިމާޔަތްކުރުމަށް މަގުފަހިވެގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC