
ވޯލްޑްކަޕް ފައިނަލް މެޗުގެ ރެފްރީއަކަށް ސްލަވްކޯ ވިންސިކް ހަމަޖައްސައިފި
# ފީފާ ވޯލްޑްކަޕް 2026# ބޭރު ދުނިޔޭގެ ކުޅިވަރުސްލަވްކޯ ވިންޗިޗް (ކ) 2022 ވަނަ އަހަރު ވޯލްޑްކަޕްގައި އާޖެންޓީނާ އާއި ސައުދީ ވާދަކުރި މެޗަށް އިންސާފުކުރަނީ..
މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފައިނަލް މެޗުގެ ރެފްރީއަކަށް، ސްލޮވޭނިއާގެ ތަޖުރިބާކާރު ރެފްރީ ސްލާވްކޯ ވިންސިކް ހަަމަޖައްސައިފިއެވެ.

އަންނަ އާދީއްތަ ދުވަހު ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ ފައިނަލް މެޗުގެ ރެފްރީކަން ކުރާނީ 46 އަހަރުގެ ވިންޗިޗް ކަން ފީފާއިން މިއަދު ކަށަވަރުކޮށްދީފައެވެ. މިއާއެކު އޭނާއަށް ވޯލްޑް ކަޕް ފައިނަލެއްގައި ރެފްރީކަން ކުރާ ފުރަތަމަ ސްލޮވޭނިއާ ރެފްރީ ކަމުގެ ޝަރަފު ލިބިފައެވެ.
ފީފާއިން އާންމުކުރި ވީޑިއޯއެއްގައި ފެންނަނީ މި ޝަރަފުވެރި ޒިންމާ ހަވާލުކުރިކަން އެނގުމުން ވިންސިކް އުފަލުން ކަރުނަ ފޮހެމުން، އޭނާގެ ކައިރީގައި ތިބި މީހުންގެ ގައިގައި ބައްދާ މަންޒަރެވެ. މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ވިންޗިޗް ބުނީ، މިއީ އޭނާގެ ކެރިއަރުގައި ލިބުނު އެންމެ ފަޚުރުވެރި ވަގުތު ކަމަށާއި، މި ބޮޑު ޝަރަފު ލިބުމުން މުޅި މީހާ ތުރުތުރު އެޅި ކަމަށެވެ.
2010 ވަނަ އަހަރުން ފެށިގެން ފީފާގެ ލިސްޓު ކުރެވިފައިވާ ރެފްރީއެއްގެ ގޮތުގައި މަސައްކަތްކުރާ ވިންޗިޗް އަކީ ޔޫރަޕްގެ އެންމެ އިތުބާރު ހުރި އެއް ރެފްރީއެވެ. އޭނާ ވަނީ މީގެ ކުރިން ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލާއި، ޔޫރޮޕާ ލީގުގެ ފައިނަލްގެ އިތުރުން ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި ރެފްރީކަން ކޮށްފައެވެ.
އެގޭތެރެއިން ވެސް ވަކިން ޚާއްސަކޮށް 2024 ވަނަ އަހަރު ވެމްބްލީގައި ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލްގައި އޭނާގެ ފަރާތުން ފެނުނު ހުޝިއާރުކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ވަނީ ތައުރީފުކޮށްފައެވެ.
މީގެ އިތުރުން 2022 ވަނަ އަހަރު ޤަތަރުގައި ބޭއްވުނު ފީފާ ވޯލްޑްކަޕްގެ ގުރޫޕް ސްޓޭޖުގައި އާޖެންޓީނާ އާއި ސައުދީއަރަބިޔާ ވާދަކުރި މެޗުގައި ވެސް ސްލާވްކޯ ވިންސިކް ރެފްރީކަށް ކޮއްފައިވާއިރު، އޭގެ ފަހުން ވޯލްޑްކަޕް މެޗަކުން އާޖެންޓީނާ މިހާތަނަށް ބަލިވެފައެއްނުވެއެވެ.
ގުޅުންހުރި

ވޯލްޑްކަޕް ފައިނަލް މެޗުގެ ރެފްރީއަކަށް ސްލަވްކޯ ވިންސިކް ހަމަޖައްސައިފި

އިޓަލީ އާއި ބްރެޒިލްގެ ރެކޯޑާއި އާޖެންޓީނާއަށް އަރާ ހަމަކުރެވިދާނެތަ؟

ރެފްރީންނާއި ފީފާ އިން އާޖެންޓީނާ އާއި އެހެންޓީމުތަކާއި ތަފާތެއް ނުކުރޭ: މެސީ




