logoEN
WAMCO TOP 1

އެމްއެމްއޭ ބިލްޑިންގް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

THE TRAVELLER AD

އެމްއެމްއޭ އިން ހުޅުވާލި މި ފުރުސަތުގައި ބެޗްލާސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީއަށް ކުރިމަތިލުމަށް ފުރުސަތު ފަހިވެގެންދެ އެވެ.

އެމްއެމްއޭއިން ބުނީ މި މަހުގެ 30 ވަނަ ދުވަހުގެ 14:00 އާ ހަމައަށް ސްކޮލަޝިޕަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި ކޯސް ފުރިހަމަކުރުމަށްފަހު، 5 އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން ހުޅުވާލާފައިވާ ސްކޮޕަރޝިޕް ފުރުސަތުތައް:

* ބެޗްލަރ އޮފް އެކައުންޓިންގ، ސެލަންގޯރ އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ* މާސްޓަރ އޮފް ލޯސް، އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ* މާސްޓަރ އޮފް އިކޮނޮމިކްސް، އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ* ޕީ.އެޗް.ޑީ، އިންސީފް ޔުނިވަރސިޓީ، މެލޭޝިޔާ- ޕީ.އެޗް.ޑީ. އިން އިސްލާމިކް ފައިނޭންސް (ކޯސްވަރކް އެންޑް ޑެޒަރޓޭޝަން)، ނުވަތަ- ޕީ.އެޗް.ޑީ. އިން އިސްލާމިކް ފައިނޭންސް (ރިސަރޗް)، ނުވަތަ- ޕީ.އެޗް.ޑީ. އިން އެޕްލައިޑް މުއާމަލާތު (އިކޮނޮމިކްސް އެންޑް ފައިނޭންސް)

މީގެއިތުރުން އެމްއެމްއޭ އިން ބުނީ ސްކޮލަރޝިޕްއަށް ހޮވޭ ފަރާތްތަކަށް ޓިއުޝަން ފީއާއި ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެހެނިހެން ހަރަދުތައް ލިބޭނެ ކަމަށެވެ. އަދި މީގެއިތުރުން ޕްރޮގްރާމުގައި ހުންނަ މުއްދަތުގައި ދިރިއުޅުމުގެ ޚަރަދާއި، ބުކް އެލަވަންސްއާއި، އެސްޓެބްލިޝްމަންޓް އެލަވަންސްއާއި، ޑިޕާޗަރ އެލަވަންސް، އަދި ވިސާ ޚަރަދާއި، ހެލްތު އިންޝުއަރެންސްވެސް ލިބޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ކޮމެންޓް
ފަހުގެ
HDC