logoEN
WAMCO TOP 1
ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މާދަމާ ހެނދުނު މާލެ އާއި ހުޅުމާލެއިން ކަރަންޓު ކަނޑާލަނީ

ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މާދަމާ ހެނދުނު މާލެ އާއި ހުޅުމާލެއިން ކަރަންޓު ކަނޑާލަނީ

# ސްޓެލްކޯ# ކަރަންޓުގެ ޚިދުމަތް

ސްޓެލްކޯ

ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މާދަމާ ހެނދުނު މާލެ ސަރަހައްދާއި ހުޅުމާލެ ސަރަހައްދުން ކަރަންޓު ކަނޑާލަން ނިންމާފައިވާކަމަށް ސްޓޭޓް އެލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފި އެވެ.

THE TRAVELLER AD

ސްޓެލްކޯ އިން ބުނީ މި ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކްގައި ކަރަންޓުގެ ހިދުމަތް މެދުކަނޑާލައިގެން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ވަގުތު ކޮޅަކަށް ކަރަންޓު ކަނޑާލަންޖެހޭ ކަމަށެވެ.

ކަރަންޓު ކަނޑާލަން ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 06:00 އިން ފެށިގެން 07:00 އަށް ކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި ކަރަންޓު ކަނޑާލަނީ މާލެ ސިޓީ، ހުޅުމާލެ ނެއިބާހުޑް 1 އަދި 2 އިން ކަމަށްވެސް ސްޓެލްކޯއިން ފާހަގަކުރި އެވެ.

މި ވަގުތުތަކުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފަ އެވެ.

ކޮމެންޓް
ފަހުގެ
HDC