logoEN
WAMCO TOP 1
ނާލާފުށީގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް 176 ކިލޯވޮޓްގެ ޖަނަރޭޓަރެއް ކޮމިޝަންކުރަނީ

ނާލާފުށީގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް 176 ކިލޯވޮޓްގެ ޖަނަރޭޓަރެއް ކޮމިޝަންކުރަނީ

އަހުމަދު ޝުރާއު

logo

7/6/2026, 2:32:08 PM

# ސްޓެލްކޯ

-

މ ނާލާފުށީގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، އިންޖީނުގެއިން ދޭ ޚިދުމަތުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި 176 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރެއް އެ ރަށަށް ގެންގޮސް، ކޮމިޝަންކުރުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ފަށައިފިއެވެ.

THE TRAVELLER AD

ސްޓެލްކޯއިން ބުނީ މިއީ މ. އަތޮޅުގެ ރަށްތަކުގެ ޔުޓިލިޓީ ޚިދުމަތްތަކާ ސްޓެލްކޯއިން ޙަވާލުވުމަށްފަހު، އެ ރަށްތަކުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަކަށް ބަދަލުކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ ބައެއް ކަމަށެވެ.

ސަރުކާރުގެ ބައެއް ކުންފުނިތައް ކޮޅަށްޖަހައި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ ހަރުދަނާ އިޞްލާޙީ ފިޔަވަޅުތަކުގެ ދަށުން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މ. އަތޮޅުގެ 8 ރަށަކަށް ދެމުންދިޔަ ޔޫޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ރަސްމީކޮށް ޙަވާލުކުރީ މިިދޔަ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ.

މި ބަދަލާއެކު ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުވެގެންދިޔަ ރަށްތަކަކީ މ. މުލި، ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، މުލައް، ނާލާފުށި، ރަތްމަންދޫ އަދި ވޭވަށެވެ.

ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި، ނާލާފުއްޓަށް އައު ޖަނަރޭޓަރު ގެންގޮސް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ އަތޮޅުގެ އެހެން ރަށްތަކުގެ ޕަވަރހައުސްތަކުގައި ފިއުލް (ތެޔޮ) ސީދާ ޑިޖިޓަލްކޮށް މޮނިޓަރކޮށް އެންމެ އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ ޚާއްސަ ސްޓޯރޭޖް ޓޭންކްތައް އެ ރަށްރަށަށް ފޮނުވުމުގެ އަމަލީ މަސައްކަތް ވެސް އެ ކުންފުނިން ދަނީ ވަރަށް ހަލުވިކަމާއެކު ކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC