logoEN
WAMCO TOP 1
ހުރާގައި ނުހިންގާތާ 8 މަސްވީ އާރްއޯ ޕްލާންޓް އަލުން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި

ހުރާގައި ނުހިންގާތާ 8 މަސްވީ އާރްއޯ ޕްލާންޓް އަލުން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި

އަހުމަދު ޝުރާއު

logo

7/13/2026, 10:05:11 AM

# ސްޓެލްކޯ

-

ކ. ހުރާގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހާމަކޮށްފިއެވެ.

THE TRAVELLER AD

މިގޮތުން، ހުރާގައި ބަހައްޓާފައިވާ އާރުއޯ ޕްލާންޓްތަކުގެ ތެރެއިން އެއް ޕްލާންޓުގެ ހަލާކުވެފައިވާ ހައިޕްރެޝަރ ޕަންޕާއި މޯޓަރު ބަދަލުކޮށް، އައު ޕަންޕެއް އިންސްޓޯލްކުރުމުގެ އަމަލީ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

މީގެ އިތުރުން، މައްސަލަޖެހި ނުހިންގާތާ 8 މަސްދުވަސް ވެފައިވާ ޕްލާންޓު މަރާމާތުކޮށް، އަލުން އޮޕަރޭޝަނަށް ގެނައުމުގެ ޚާއްސަ މަސައްކަތްތަކެއް ވެސް އަންނަނީ ކުރަމުން ކަމަށް ސްޓެލްކޯއިން މިއަދު ވަނީ ހާމަކޮށްފައެވެ.

ސްޓެލްކޯއިން މައުލޫމާތު ދޭ ގޮތުގައި، މި ތިން ޕްލާންޓް މުޅިން އޮޕަރޭޝަނަށް ގެނައުމުން، ރަށުގެ މިހާރުގެ ޑިމާންޑާ އެއްވަރަށް ފެން އުފެއްދުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ.

އަދި އޭގެ ސަބަބުން ރަށުގައި ފެން ރައްކާކުރެވޭ މިންވަރު އިތުރުވެ، ފެނުގެ ޚިދުމަތަށް ދިމާވެފައިވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މިދިޔަ މޭ މަހުގެ ތެރޭގައި ކ. ހުރާގެ ކަރަންޓާއި، ފެން އަދި ނަރުދަމާގެ ޚިދުމަތާ އެ ކުންފުނިން ރަސްމީކޮށް ހަވާލުވެފައިވާއިރު، ސްޓެލްކޯގެ މައިގަނޑު އަމާޒަކީ ރަށުގެ ކަސްޓަމަރުންނަށް މެދުކެނޑުމެއްނެތި ފެންވަރު ރަނގަޅު އަދި އިތުބާރު ހުރި ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ކޮމެންޓް
ފަހުގެ
HDC