logoEN
WAMCO TOP 1
ހަކަތަ އިޤްތިޞާދުކުރުމާއި ކަރަންޓުގެ ރައްކާތެރިކަމަށް ތުލުސްދޫގައި ކަނބަލުންނަށް ސްޓެލްކޯގެ ފަރާތުން ޚާއްސަ ތަމްރީނެއް!

ހަކަތަ އިޤްތިޞާދުކުރުމާއި ކަރަންޓުގެ ރައްކާތެރިކަމަށް ތުލުސްދޫގައި ކަނބަލުންނަށް ސްޓެލްކޯގެ ފަރާތުން ޚާއްސަ ތަމްރީނެއް!

އަހުމަދު ޝުރާއު

logo

7/13/2026, 4:38:12 PM

# ސްޓެލްކޯ

-

ކ. ތުލުސްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިސްނެންގެވުމުގެ މަތިން، އެ ރަށުގެ ކަނބަލުންނަށް އަމާޒުކޮށްގެން 'އެނާރޖީ އެވެއަރނެސް އެންޑް އިލެކްޓްރިކް ސްކިލްސް ވޯކްޝޮޕް ފޯ ވިމެން' ގެ ނަމުގައި ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ސްޓެލްކޯއިން ބާއްވައިފި އެވެ.

THE TRAVELLER AD

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ތުލުސްދޫގައި ގާއިމްކޮށްފައިވާ ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީގައި ކުރިއަށްގެންދިޔަ މި ވޯކްޝޮޕަކީ، އާންމު ދިރިއުޅުމުގައި ކަރަންޓަށް ހޭލުންތެރިކުރުވުމަށާއި، ގޭބީސީތަކުގައި ހަކަތަ އިޤްތިޞާދުކުރާނެ މުހިންމު ގޮތްތައް އަންގައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މީގެ އިތުރުން، ގޭބީސީތަކުގައި އާންމުކޮށް ދިމާވާ ކަރަންޓުގެ އާދައިގެ މައްސަލަތައް ރައްކާތެރިކަމާއެކު އަމިއްލައަށް ޙައްލުކުރާނެ އަމަލީ ގޮތްތަކާއި ހުނަރުތައް އުނގަންނައިދިނުމަށް މި ވޯކްޝޮޕްގައި ޚާއްސަ އިސްކަމެއް ދީފައިވެއެވެ.

މި ތަމްރީނުގެ ސަބަބުން ކަނބަލުންނަށް ކަރަންޓުގެ ރައްކާތެރިކަމާ މެދު އޮތް ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ތުލުސްދޫގެ ގިނަ އަދަދެއްގެ ކަނބަލުން ބައިވެރިވި މި ވޯކްޝޮޕަކީ އަންހެނުން ދިރިއުޅުމުގެ ތަފާތު ދާއިރާތަކުން ބާރުވެރިކުރުވުމަށާއި، ގޭތެރޭގެ ޚަރަދުތައް ކުޑަކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ނުހަނު ފައިދާހުރި، ކާމިޔާބު ތަމްރީނު ޕްރޮގްރާމެކެވެ.

ކޮމެންޓް
ފަހުގެ
HDC