logoEN
WAMCO TOP 1
ފޭސް 2 އިން ކޭބަލްތައް ބުރިކޮށް ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ފޭސް 2 އިން ކޭބަލްތައް ބުރިކޮށް ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޖަޒްލާ މުހައްމަދު

logo

7/16/2026, 10:13:34 AM

# ފުލުހުން# ހުޅުމާލެ ފޭސް 2

ފޭސް 2 އިން ވައްކަންކުރަން އުޅެނިކޮށް ހައްޔަރުކުރި މީހާ- ފޮޓޯ: ފުލުހުން

ހުޅުމާލެ ފޭސް 2 އިން ކޭބަލްތައް ބުރިކޮށް ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

THE TRAVELLER AD

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރު ކައިރީގައި އޮންނަ ހުސްބިމެއްގައި ކޮށިތެރެއިން ފޯނު ކޭބަލްތަކެއް ބުރިކޮށް، ވައްކަން ކުރަން އުޅުނުކަމުގެ ތުހުމަތުގައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވެލަބުލިގެ/ ގދ. ނަޑެއްލާ، ޠާހިރު މުހައްމަދު (50އ) އެވެ.

އޭނާ ހައްޔަރުކުރީ މި މަހުގެ 14 ވަނަ ދުވަހުގެ 12:32 ހާއިރު، ހުޅުމާލެ ފޭސް 2 ގެ ހުސްބިމެއްގައި ހުރި ކޮށިތެރެއިން ފޯނު ކޭބަލްތަކެއް ބުރިކޮށްގެން ވައްކަން ކުރަން އުޅޭ ކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން، ފުލުހުން އެ ސަރަހައްދަށް ގޮސް ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ހައްޔަރުކުރީ ކޭބަލްތަކަކާއެކުކަމަށް ފުލުހުން ފާހަގަކުރިއިރު، ބުރިކޮށްފައިވާ ބައެއް ނަރުތައް ގޯންޏަކަށް އަޅާފައި ހުއްޓާ ފެނިފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެއިތުރުން ފުލުހުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް
ފަހުގެ
HDC