އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
# އައްސޭރި ޖަލު# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް# ފުލުހުންއައްސޭރި ޖަލު- ފޮޓޯ: މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިގެން ކުރިއަށްދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މޯލްޑިވްސް ޕޮލިސް ސާވިސް އާ ގުޅިގެން މާފުށީ ޖަލުގައި މިއަދު ސާޗް އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށެވެ.
ނަމަވެސް ފުލުހުންނެއްވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަކުންވެސް މިކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ. ޖަލުތަކުގެ ބެލެހެއްޓުންތެރިކަމާއި، ހަރުދަނާކުރުމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން، ޖަލުތަކުގެ ތެރޭގައި މަނާތަކެތި ގެންގުޅުމާއި، ކުށުގެ މައްސަލަތައް ހައްލުކުރުމަށްދަނީ ހަރުދަނާ ފިޔަވަޅުތައް އަޅަމުންނެވެ.
މީގެއިތުރުން ފުލުހުންނާއި ކަރެކްޝަން އިން ގުޅިގެން މާފުށީ ޖަލާއި ހުޅުމާލެ ޖަލުގައިވެސް އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވެ އެވެ.
ޖަލު ބަލައިފާސްކުރުމުގެ އޮޕަރޭޝަންގެ އިތުރުން ޖަލަށް ވައްދާ ތަކެތި ސްކޭން ކުރެވޭނެ ޒަމާނީ ނިޒާމުވެސް މިހާރުވަނީ ގާއިމްކޮށްފަ އެވެ. އެގޮތުން މިދިޔަ މަހު 15 ވަނަ ދުވަހު މާފުށީ ޖަލުގައި ބެގޭޖް ސްކޭނާ ގާއިމްކޮށް، ޖަލަށް ވައްދާ އެންމެހާ ތަކެތި ސްކޭން ކުރެވޭނެ ގޮތް ހަދާފަ އެވެ. އަދި މިއަހަރުގެ ފެބުރުވަރީ މަހު ވަނީ ޖަލަށް ވަންނަ މީހުން، ސްކޭން ކުރުމަށް ބޮޑީ ސްކޭނަރުވެސް ބަހައްޓާފަ އެވެ.





