logoEN
WAMCO TOP 1
 މޯލްޑިވްސް ޕްރިމިއަރ ބޭންކަށް ބޭންކިންގ ލައިސެންސް ދޫކޮށްފި

މޯލްޑިވްސް ޕްރިމިއަރ ބޭންކަށް ބޭންކިންގ ލައިސެންސް ދޫކޮށްފި

އަހުމަދު ޝުރާއު

logo

5/19/2026, 2:52:08 AM

# އެމްއެމްއޭ

-

މޯލްޑިވްސް ޕްރިމިއަރ ބޭންކަށް ބޭންކިންގ ލައިސެންސް ދޫކޮށްފި އެވެ.

THE TRAVELLER AD

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ( އެމްއެމްއޭ) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ 16 މެއި 2025 ގައި 'ޓިއަރ 1' ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ލައިސަންސް ދިނުމުގެ ކުރިން ދޫކުރި ހުއްދައި ގެ ދަށުން އެ އޮތޯރިޓީއިން ކަނޑައެޅި ޝަރުތުތައް ފުރިހަމަކޮށް ބޭންކްގެ ނަމާއި މިލްކްވެރިކަމުގެ އޮނިގަނޑަށް ލައިސަންސަށް އެދި ހުށަހެޅި ފަރާތުން އެދުނު ބަދަލުތަކާއި އެކު މޯލްޑިވްސް ޕްރިމިއަރ ބޭންކް ޕްރައިވެޓް ލިމިޓެޑް އަށް ރާއްޖޭގައި ކޮމަރޝަލް ބޭންކިންގ ވިޔަފާރިކުރުމަށް ބޭނުންވާ ލައިސަންސް އަދި އޮޕަރޭޝަނަލް އެޕްރޫވަލް 18 މޭ 2026 ގައި ދޫކޮށްފައިވާ ކަމަށެވެ.

އެގޮތުން މޯލްޑިވްސް ޕްރިމިއަރ ބޭންކް ޕްރައިވެޓް ލިމިޓެޑް އަށް ލައިސަންސް ދިނުމަކީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަކުރުމަށާއ،ި ބޭންކިންގ ސިނާއަތުގައި ވާދަވެރިކަން އިތުރުކޮށ،ް ރައްޔިތުންނަށް މާލީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް އެއޮތޯރިޓީއިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައި އެވެ.

އެމްއެމްއޭއިން އިތުރަށް ބުނީ އެ އޮތޯރިޓީގެ މަޤްޞަދަކ،ީ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ލައިސަންސް ދޫކުރުމާއި ސުޕަވައިޒް ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސ،ް ހުރިހާ ފަރާތްތަކަށް ޝާމިލުވެވޭ ފަދަ ވާދަވެރި މާލީ ނިޒާމެއް ދިވެހި ރާއްޖޭގައި ދެމެހެއްޓުން ކަމަށެވެ.

މޯލްޑިވްސް ޕްރިމިއަރ ބޭންކްއަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުގެ ހިއްސާ އޮންނަ ކުންފުންޏެވެ.

ކޮމެންޓް
ފަހުގެ
HDC