
އަލަތު ކައިވެނީގެ ވަލީމާ ހިލޭ ބާއްވާނެ ޖާގަ ހަމަޖައްސައި ދިނުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
# މާލެ ސިޓީ ކައުންސިލް# ކައިވެނިސިނަމާލެ ބްރިޖުގައި ކައިވެނީގެ ހަފުލާއެއް ބާއްވަނީ - ފައިލް ފޮޓޯ
އަލަތު ކައިވެނީގެ ވަލީމާ ހިލޭ ބޭއްވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ ބުދަ ދުވަހު ބޭއްވި، މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ރަސްމީ ޢާންމު ޖަލްސާގައެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް ލަބާން ޝަރީފް ވިދާޅުވީ، މި ކަމަކީ މޭޔަރ އާދަމް ޢާޒިމްގެ ވަޢުދުފުޅަކަށް ވާތީ، ވީހައި ވެސް އަވަހަށް މި ކަން ނިންމަން ބޭނުންފުޅުވާކަމަށެވެ. "މި ކަމުގައި ވީހައި ވެސް އަވަހަށް، އުސޫލެއް ހަމަޖައްސައި، ޒުވާނުންނަށް މި ފުރުސަތު ލިބޭނެ މަގެއް ފަހިވުމަކީ، އަޅުގަނޑުމެން ބޭނުންވާ ގޮތް،" ލަބާން ވިދާޅުވިއެވެ.
ލަބާންގެ ވާހަކަފުޅަށް ތާއީދު ކުރައްވަމުން، ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަޙުމަދު ޣާލިބު ވިދާޅުވީ، ޒުވާނުންނަށް ކޮށްދެވޭ ކޮންމެކަމަކަށް، މުޅި ކައުންސިލްގެ އެއްބާރުލުން އޮންނާނެ ކަމަށެވެ. މި ފުރުޞަތުގެ މަޤުޞަދަކީ ކައިވެނިކުރާ ޒުވާނުންނަށް މާލީ ގޮތުން ލުއިތަކެއް ހޯދައިދިނުމެވެ.
މޭޔަރ އާދަމް ޢާޒިމްވަނީ، މި މައްސަލަ އިތުރަށް ދިރާސާކުރުމަށް، ފައިނޭންޝަލް ބަޖެޓް ކޮމިޓީއަށް ފޮނުއްވާފައެވެ. އެއީ މި ކަމަކީ ބަޖެޓާ ގުޅުންހުރި ކަމަކަށް ވާތީއެވެ. މީގެ އިތުރުން ސޯޝަލް ސާވިސް އެންޑް ޖެންޑާ އެންޑް ކޮމިއުނިޓީ ފޭސް ކޮމިޓީ ގުޅިގެން، ދެ ފަރާތުން ވާހަކަދައްކައިގެން ގޮތެއް ނިންމުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި މައްސަލައިގައި ގޮތެއް ނިންމުމަށް ޓަކައި، ކައުންސިލްގެ ދެން އޮންނަ ޖަލްސާއަކަށް މިކަން ތާވަލުކުރުމަށް ވަނީ ނިންމާފައެވެ.
މި އިންތިޒާމު ހަމަޖެހުމުން، މާލޭގައި ދިރިއުޅޭ ޒުވާނުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް، ކައުންސިލުން އުންމީދު ކުރެއެވެ.
ގުޅުންހުރި

އަލަތު ކައިވެނީގެ ވަލީމާ ހިލޭ ބާއްވާނެ ޖާގަ ހަމަޖައްސައި ދިނުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

ޕޭވްމަންޓްމަތީ މުދާ ބެހެއްޓުން ހުއްޓުވައި، ބާޒާރުމަތިން ގިނަ އަދަދެއްގެ ކުނި ނަގައިފި
.webp&w=3840&q=75)
މާލޭގެ މަގުތަކަށް ނެރެފައި ހުރި ގާކުނޑި ނަގައި ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި




