.webp&w=3840&q=75)
މާލޭގެ މަގުތަކަށް ނެރެފައި ހުރި ގާކުނޑި ނަގައި ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި
# މާލެ ސިޓީ ކައުންސިލް-
މާލެ ސިޓީގެ އެކި ސަރަހައްދުތަކުގެ މަގުމައްޗަށް އުކާލާފައިވާ ގާކުނޑިތަކާއި އެކި ބާވަތުގެ ކުނިތައް ނަގައި، މަގުތައް ސާފުކުރުމުގެ ޚާއްސަ މަސައްކަތްތަކެއް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މިއީ މާލޭގެ މަގުތަކަކީ އާންމުންނަށް ހިނގައިބިނގާވެ އުޅެން އަމާން، އަދި ސާފުތާހިރު މާހައުލަކަށް ހެދުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި މަސައްކަތާ ގުޅޭގޮތުން ސިޓީ ކައުންސިލުން ބުނެފައިވަނީ، މަގުތަކަށް ގަވާއިދާ ހިލާފަށް ކުނި އަޅާ ފަރާތްތައް ފާހަގަކުރެވޭނަމަ އެކަން ކައުންސިލްގެ ސަމާލުކަމަށް ގެނެސްދިނުމަށް އެދޭ ކަމަށެވެ. އެގޮތުން، މަގުމައްޗަށް ކުނި އަޅާ މަންޒަރު ފެންނަ ފޮޓޯ ނުވަތަ ވީޑިއޯ، ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ވައިބާ ނުވަތަ މެސެޖު މެދުވެރިކޮށް ފޮނުއްވައިދެއްވުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
މާލެ ސިޓީއަކީ އެންމެންނަށް ވެސް ހިތްފަސޭހަ، ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި އެންމެހައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއެވެ. އަދި މަގުތަކަށް ކުނި ނޭޅުމަށާއި، ކުނި އުކާލުމުގައި ކަނޑައެޅިފައިވާ ރަސްމީ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުންހުރި

ވޯޓަރ ސްލައިޑަކާއި އިންފްލެޓަބަލް ވޯޓަރ ޕާކަކާއެކު ރަސްފަންނު ތަރައްޤީކުރަން ސިޓީ ކައުންސިލުން ތައްޔާރުވަނީ
.webp&w=3840&q=75)
މަދިރި ކޮންޓްރޯލްކުރުމަށް މާލެ ސިޓީ ކައުންސިލުން ޖުލައި މަހު 1,600 އަށްވުރެ ގިނަ ތަން ބަލައި ފާސްކޮށްފި

ޖުލައި މަހު އެކަނިވެސް މާލޭގެ 18 ސަރަހައްދެއްގެ މަގު މަރާމާތުކޮށް، 33 ކާނުމަތި ބަދަލުކޮށްފި




