
ޕޭވްމަންޓްމަތީ މުދާ ބެހެއްޓުން ހުއްޓުވައި، ބާޒާރުމަތިން ގިނަ އަދަދެއްގެ ކުނި ނަގައިފި
# މާލެ ސިޓީ ކައުންސިލް-
މާލެ ސިޓީ ސާފުތާހިރުކޮށް ތަރުތީބުން ބޭއްވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭ ބާޒާރުމަތީގެ ޕޭވްމަންޓްމަތީ މުދާ ބަހައްޓައިގެން ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވައި، އެ ސަރަހައްދުތައް ސާފުކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންގޮސްފިއެވެ.

މި އޮޕަރޭޝަނުގެ ދަށުން ކައުންސިލުން މައިގަނޑު ގޮތެއްގައި ބަލައިފައިވަނީ ބާޒާރުމަތީ ވަދުފޮށި ކަންމަތި އަދި ޒައިތުއްމާ ކުރިމަތީގައި އޮންނަ ޕޭވްމަންޓް ސަރަހައްދެވެ.
އެ ސަރަހައްދުގެ ޕޭވްމަންޓް މަތީގައި މުދާ ބަހައްޓައިގެން އާންމުންނަށް ދަތިވާގޮތަށް ވިއްކާ ފަރާތްތައް ހުއްޓުވުމުގެ އިތުރުން، އެ ސަރަޙައްދަށް ޖަމާކޮށްފައި ހުރި އެކި ބާވަތުގެ ކުނިތައް ނަގައި މުޅި ސަރަހައްދު ވަނީ އެއްކޮށް ސާފުކޮށްފައެވެ.
މީގެ އިތުރުން، އާންމުކޮށް ގަވާއިދާ ހިލާފަށް ކުނި ބަހައްޓައިފައި ހުންނަ ސަރަހައްދެއް ކަމަށްވާ، އާބުރުޒު މަގާއި ފުއްކަފަ ގޯޅި ކަންމަތިން ވެސް ވަނީ ގިނަ އަދަދެއްގެ ކުނި ނަގައި ސާފުކޮށްފައެވެ.
ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މިއީ މަގުމަތީގެ ތަރުތީބު ހިފެހެއްޓުމަށާއި، ހިނގައިބިނގައިވެ އުޅޭ އާންމު ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރެވުނު މުހިންމު މަސައްކަތެކެވެ.
މާލޭގެ މަގުތަކަކީ އާންމުންނަށް އުނދަގޫނުވާނެ ފަދަ ސާފު، ރައްކާތެރި ތަންތަނަށް ހެދުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ސާފުކުރުމުގެ ހަރަކާތްތައް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.
ގުޅުންހުރި

ޕޭވްމަންޓްމަތީ މުދާ ބެހެއްޓުން ހުއްޓުވައި، ބާޒާރުމަތިން ގިނަ އަދަދެއްގެ ކުނި ނަގައިފި
.webp&w=3840&q=75)
މާލޭގެ މަގުތަކަށް ނެރެފައި ހުރި ގާކުނޑި ނަގައި ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި

މާފަންނު މަދަރުސާގެ ހޯލު އޭސީކުރަނީ




