
5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު: ބޭސްވެރިކަމަށް ބޭނުންކުރާ ގަސްތައް އިންދުމުގެ ހަރަކާތެއް ހިޔާ ސަރަހައްދުގައި!
# އެންވަޔަރަމަންޓް މިނިސްޓްރީ-
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވާފައިވާ "5 މިލިއަން ގަސް އިންދުމުގެ މަޝްރުޢޫ" ގެ ދަށުން، ދިވެހި ބޭސްވެރިކަމާ ގުޅުންހުރި ގަސްތައް އިންދުމުގެ ޚާއްޞަ ހަރަކާތެއް އިއްޔެ ހުޅުމާލޭގައި ބާއްވައިފިއެވެ.

ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި ދިވެހި ބޭސްވެރިކަމުގެ ޖަމިއްޔާ ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތް ބާއްވާފައިވަނީ ހުޅުމާލޭގެ ހިޔާ ޕާކު ސަރަޙައްދުގައެވެ. އިއްޔެގެ ހަރަކާތުގައި އެޗް.ޑީ.ސީގެ އިސްވެރިންނާއި، ދިވެހި ބޭސްވެރިކަމުގެ ޖަމިއްޔާގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށް ސަރުކާރުން ފައްޓަވާފައިވާ ބިޔަ މަޝްރުޢޫއަށް އެއްބާރުލުން ދިނުމާއެކު، ރާއްޖޭގެ އާދަކާދައިގެ މަތިން ކުރަމުން އަންނަ ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ގަސްގަހާގެހި ނެތިގެންދިޔަނުދީ އާލާކޮށް، އެފަދަ ގަސްތައް ދިރުވައި އާލާކުރުމެވެ.
މިއާއިއެކު މި ހަރަކާތުގައި ދިވެހި ބޭސްވެރިކަމުގައި އާންމުކޮށް ބޭނުންކުރާ ތަފާތު ބާވަތްތަކުގެ ގަސްތައް ވަނީ އިންދާފައެވެ.
މި މަޝްރުޢޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވަރަށް މުހިންމު އިސްނެގުމެކެވެ.
ގުޅުންހުރި

5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު: ބޭސްވެރިކަމަށް ބޭނުންކުރާ ގަސްތައް އިންދުމުގެ ހަރަކާތެއް ހިޔާ ސަރަހައްދުގައި!

ދެކުނު އޭޝިއާގެ ވައި ނުސާފުވުން ކުޑަކުރަން "މާލޭ ޑިކްލަރޭޝަން" ބައްދަލުވުމުގައި ޚާއްސަ އެއްބަސްވުންތަކެއް!

ކުޑަހުވަދޫގައި ސަރުކާރު މުވައްޒަފުންނަށް "މަގޭ ސޯލާ" އާއި "ހަކަތަރި" ޕްރޮގްރާމުގެ ހޭލުންތެރިކުރުމުގެ ސެޝަނެއް!




