
ކުޑަހުވަދޫގައި ސަރުކާރު މުވައްޒަފުންނަށް "މަގޭ ސޯލާ" އާއި "ހަކަތަރި" ޕްރޮގްރާމުގެ ހޭލުންތެރިކުރުމުގެ ސެޝަނެއް!
# އެންވަޔަރަމަންޓް މިނިސްޓްރީ-
ދ. ކުޑަހުވަދޫގައި ހުރި ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ފަރާތުން ހާއްސަ ހޭލުންތެރިކުރުވުމުގެ ސެޝަނެއް ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.

މި ސެޝަނަކީ އެންވަޔަރަންމަންޓް މިނިސްޓްރީން ކުރިއަށްގެންދާ "އިޓްސް ކޫލް އެޓް 25" ކެމްޕޭނުގެ ދަށުން، "މަގޭ ސޯލާ" އަދި "ހަކަތަރި" ޕްރޮގްރާމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އިންތިޒާމުކުރި ބައްދަލުވުމެކެވެ. މި ސެޝަންގައި ބައިވެރިންނަށް މައުލޫމާތު ދެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ އެނާޖީ ޑިޕާޓްމަންޓުގެ ޕްރިންސިޕަލް އެންވަޔަރަންމަންޓް މެނޭޖްމަންޓް އޮފިސަރު ހައްވާ ލިއުޒާ އަލީ ޝަރީފާއި، އެނާޖީ އިންޖިނިއަރު ރިޒްނާ އަހުމަދު ރަޝީދެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ "މަގޭ ސޯލާ" ޕްރޮގްރާމްގެ ސަބަބުން ގޭބިސީތަކަށާއި އިދާރާތަކަށް ލިބޭ މާލީ އަދި ތިމާވެށީގެ ފައިދާތަކުގެ މައްޗަށެވެ. އަދި ކަރަންޓު ޚަރަދު ކުޑަކުރުމަށްޓަކައި "ހަކަތަރި" ލޭބަލް ޖަހާފައިވާ އުފެއްދުންތަކާއި ކަރަންޓު ސާމާނު ބޭނުންކުރުމުގެ މުހިންމުކަން ވަނީ ތަފްސީލުކޮށްދީފައެވެ.
މީގެ އިތުރުން، އާންމު ދިރިއުޅުމުގައި ހަކަތަ އިގްތިސާދު ކުރެވިދާނެ އަމަލީ ގޮތްތަކާއި، ހަކަތަރި ލޭބަލް ޖެހި ތިމާވެއްޓާ ރައްޓެހި އުފެއްދުންތައް ގަތުމަށް އެހީތެރިވެދޭ "އުޖާލާ ދިރިއުޅުން" ފައިނޭންޝިއަލް ސްކީމާ ބެހޭ ތަފްސީލީ މައުލޫމާތު ވެސް ވަނީ މުވައްޒަފުންނާ ހިއްސާކޮށްފައެވެ.
މިފަދަ ހޭލުންތެރިކުރުވުމުގެ ސެޝަންތަކުގެ މައިގަނޑު މަގްސަދަކީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް އާންމުންނަށް ބާރުއެޅުމާއި، ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ހަކަތަ ބޭނުންކުރުމުގެ އާދަ މުޖުތަމައުގައި އަށަގަންނުވައި، ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކުރުމެވެ.
ގުޅުންހުރި

ދެކުނު އޭޝިއާގެ ވައި ނުސާފުވުން ކުޑަކުރަން "މާލޭ ޑިކްލަރޭޝަން" ބައްދަލުވުމުގައި ޚާއްސަ އެއްބަސްވުންތަކެއް!

ކުޑަހުވަދޫގައި ސަރުކާރު މުވައްޒަފުންނަށް "މަގޭ ސޯލާ" އާއި "ހަކަތަރި" ޕްރޮގްރާމުގެ ހޭލުންތެރިކުރުމުގެ ސެޝަނެއް!

ވައިގެ ނުސާފުމިން ބަލާ މިންގަނޑުތަކަށް އަހުލުވެރިކުރުވުމުގެ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި




