logoEN
WAMCO TOP 1
ފީފާ ވޯލްޑްކަޕް: ފުރާންސް ތިން ބަލިކޮށް ސްޕެއިން 16 އަހަރަށްފަހު ފައިނަލުން ޖާގަ ހޯދައިފި

ފީފާ ވޯލްޑްކަޕް: ފުރާންސް ތިން ބަލިކޮށް ސްޕެއިން 16 އަހަރަށްފަހު ފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން

logo

7/14/2026, 7:41:16 PM

# ފީފާ ވޯލްޑްކަޕް 2026# ބޭރު ދުނިޔޭގެ ކުޅިވަރު

ފްރާންސާއި ސްޕެއިން ވާދަކުރި މެޗުގެ ތެރެއިން..

މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ މެޗުގަައި 2-0 ގެ ނަތީޖާއަކުން ފްރާންސް ބަލިކޮށް ސްޕެއިނުން 16 އަހަރަށް ފަހު ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

THE TRAVELLER AD

މުބާރާތުގެ ސެމީފައިނަލުން އެންމެ ފަހުގެ ރަނަރަޕް ފްރާންސް ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި 2-0 ގެ ނަތީޖާއަކުން މޮރޮކޯ ބަލިކުރުމަށްފަހު އެވެ. އަދި ސްޕެއިން މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި 2-1 ގެ ނަތީޖާއަކުން ބެލްޖިއަމް ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު ދެމެޗު ވެސް ކާމިޔާބުކުރީ ސްޕެއިނުންނެވެ.

ޓެކްސަސްގެ ޑަލަސް ސްޓޭޑިއަމުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ސްޕެއިނުން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް މިކޭލް އޮޔަޒަބެލް އެވެ. މިއީ މިފަހަރުގެ މުބާރާތުގައި އޮޔަޒަބެލް ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ.

މީގެ އިތުރުން މިހާފުގައި ސްޕެއިނުން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 59 ވަނަ މިނެޓުގައި ސްޕެއިނުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޕެޑްރޯ ޕޯރޯ އެވެ. އަދި އޭގެ ތިން މިނެޓު ފަހުން ސްޕެއިންގެ ޒުވާން ފޯވާޑް ލަމީން ޔަމާލް އިތުރު ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު މުބާރާތުގެ ފައިނަލުގައި ސްޕެއިން ވާދަކުރަންޖެހޭނީ މާދަމާ ރޭ ކުޅޭ ސެމީފައިނަލުގެ ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި އިންގްލޭންޑް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

ކޮމެންޓް
ފަހުގެ
HDC