logoEN
WAMCO TOP 1
ވޯލްޑްކަޕް: ފްރާންސް ސެމީފައިނަލުން ޖާގަ ކަށަވަރުކުރިއިރު، އެމްބާޕޭ 20 މެޗުގައި 20 ލަނޑު!

ވޯލްޑްކަޕް: ފްރާންސް ސެމީފައިނަލުން ޖާގަ ކަށަވަރުކުރިއިރު، އެމްބާޕޭ 20 މެޗުގައި 20 ލަނޑު!

ހަސަން ޝަމްއޫން

logo

7/9/2026, 8:53:58 PM

# ފީފާ ވޯލްޑްކަޕް 2026# ބޭރު ދުނިޔޭގެ ކުޅިވަރު

މޮރޮކޯ އާއި ފްރާންސް ވާދަކުރި މެޗުގެ ތެރެއިން..

މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް ކުއާޓާ ފައިނަލު ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން މޮރޮކޯ ބަލިކޮށް އެންމެ ފަހުގެ ރަނަރަޕް ފްރާންސް އިން މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

THE TRAVELLER AD

މުބާރާތުގެ ކުއާޓާ ފައިނަލުން ފްރާންސް ޖާގަ ހޯދީ ރައުންޑް އޮފް 16 ގައި 1-0 ގެ ނަތީޖާއަކުން ޕެރަގުއޭ ބަލިކުރުމަށްފަހު އެވެ. އަދި މޮރޮކޯ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ރައުންޑް އޮފް 16 ގައި 3-0 ގެ ނަތީޖާއަކުން ކެނަޑާ ބަލިކުރުމަށްފަހު އެވެ. އަދި މި ދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފްރާންސް އިންނެެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ފްރާންސް އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ މިރޮކޯގެ ގޯލަށް 13 ހަމަލާއެއް ފޮނުވާލާފައެވެ. އަދި އޭގެ ތެރެއިން އެންމެ ހުސް ފުރުސަތެއް ލިބުނީ ކެޕްޓަން ކިލިއަން އެމްބާޕޭ އަށެވެ. ނަމަވެސް ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ފްރާންސްއަށް ލިބުނު ޕެނަލްޓީ އެމްބާޕޭ ކުރިއަށް ފޮނުވާލުމުން މޮރޮކޯގެ ކީޕަރު ބޯނޯ ވަނީ ހުޝިއާރުކަމާއެކު ދިފާއުކޮށްފައެވެ.

މީގެ އިތުރުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި މޮރޮކޯގެ ޕެނަލްޓީ އޭރިއާ ބޭރުން ފްރާންސްގެ ޑިފެންޑަރު ލޫކަސް ޑިގްނޭ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އަދި މިހާފުގައި ފްރާންސްގެ ގޯލާއި އަމާޒުކޮށް މޮރޮކޯއަށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައިނުވާއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވެސް ފްރާންސް އިން ވަރުގަދަކޮށް ފެށިއިރު، އެޓީމުން ވަނީ މެޗު 59 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ކިލިއަން އެމްބާޕޭ އެވެ.އަދި މިއީ މިފަހަރު މުބާރާތުގައި އެމްބާޕޭގެ އަށްވަނަ ލަނޑެވެ. އަދި އޭގެ ހަ މިނެޓު ފަހުން އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އުސްމާން ޑެމްބެލޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މިނަތީޖާއެކު މުބާރާތުގެ ސެމީފައިނަލުގައި ފްރާންސް އިން ވާދަކުރަން ޖެހޭނީ މާދަމާ ރޭ ކުޅޭ ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި ސްޕެއިން އާއި ބެލްޖިއަމް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

ކޮމެންޓް
ފަހުގެ
HDC