logoEN
WAMCO TOP 1
އުތުރުގެ 3 އަތޮޅުގެ ދަނޑުވެރިންނަށް "ދަނޑުވެރި މަންފާ" ގްރާންޓް ސްކީމްގެ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް!

އުތުރުގެ 3 އަތޮޅުގެ ދަނޑުވެރިންނަށް "ދަނޑުވެރި މަންފާ" ގްރާންޓް ސްކީމްގެ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް!

އަހުމަދު ޝުރާއު

logo

7/14/2026, 9:22:41 AM

# ދަނޑުވެރިކަން

-

ރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދަނޑުވެރިންނަށް މާލީ އަދި ފަންނީ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ހަރަކާތްތަކެއް ފަށައިފިއެވެ.

THE TRAVELLER AD

އެގޮތުން، މޯލްޑިވްސް އެގްރިބިޒްނެސް ޕްރޮގްރާމް (މެޕް) އިން ވަނީ ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅުގެ ރަށްތަކުގެ ދަނޑުވެރިންނަށް އަމާޒުކޮށްގެން "ދަނޑުވެރި މަންފާ" ގްރާންޓް ސްކީމެއް ހުޅުވާލާފައެވެ.

އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން ހުޅުވާލި މި ސްކީމާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސިލްސިލާ ސެޝަންތަކެއް މިހާރު ވަނީ އެ ތިން އަތޮޅުގައި ފަށާފައެވެ. މެޕް ޕްރޮޖެކްޓްގެ ޓީމާއި އެސްއެމްއީ ޑިޖިޓަލްގެ ޓީމު ގުޅިގެން ކުރިއަށްގެންދާ މި ސެޝަންތަކުގެ ތެރެއިން ށަވިއަނީގެ ރަށްތަކަށް ސެޝަން ކުރިއަށް ގެންދިޔައީ ށ. ގޮއިދޫގައެވެ. އަދި ހދ އަތޮޅުގެ ރަށްތަކުގެ ސެޝަން އެއަތޮޅު ވައިކަރަދޫގައި ކުރިޔަށް ގެންދެވިފައިވާއިރު، ހއ ގެ ރަށްތަކަށް އަމާޒުކޮށްގެން ސެޝަންތައް ކުރިޔަށް ގެންދަނީ ހދ. ހަނިމާދޫގައެވެ.

މި ސެޝަންތަކުގައި އެކި ރަށްތަކުން ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓުން ބައިވެރިވެފައިވާއިރު، ކޮންމެ ސެޝަނެއްގައި 25 އާއި 30 އާ ދެމެދުގެ އަދަދަކަށް ބައިވެރިން ވަނީ ޝާމިލުވެފައެވެ.

މެޕް ޕްރޮޖެކްޓުގެ ދަށުން މިހާތަނަށް ވަނީ އުތުރުގެ ތިން އަތޮޅަށް ޒަމާނީ ދަނޑުވެރިކަން ތައާރަފްކޮށް، 12 ރަށެއްގައި ގްރީން ހައުސްތައް ގާއިމުކޮށްދީފައެވެ. އަދި އެ ގްރީން ހައުސްތަކުގައި އެ ރަށްރަށުގެ ދަނޑުވެރިން އަންނަނީ ތަރުކާރީއާއި މޭވާގެ ތަފާތު ބާވަތްތައް ހައްދައި، ކާމިޔާބުކަމާއެކު ބާޒާރަށް ނެރެމުންނެވެ.

ކޮމެންޓް
ފަހުގެ
HDC