logoEN
PNC TOP 3
ނޯތު ހާބަރުގައި، ކުރިން ކެފޭ ހިންގި ތަނުގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ

ނޯތު ހާބަރުގައި، ކުރިން ކެފޭ ހިންގި ތަނުގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ

# ވަގުތީ މާރުކޭޓު# ދަނޑުވެރިކަން

-

ނޯތު ހާބަރުގައި، ކުރިން ކެފޭ ހިންގި ތަނުގައި ވަގުތީ މާރުކޭޓެއް ހުޅުވަން ނިންމައިފި އެވެ.

PNC MID 2

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނީ، ރަމަޟާން މަހު ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން ވިއްކާނެ ވަގުތީ މާރުކޭޓެއް ނޯތު ހާބަރު ކުރިން ކެފޭ ހިންގި ތަނުގައި ހުޅުވަން ނިންމާފައިވާ ކަމަށެވެ.

މި މާރުކޭޓް، މި މަހު 17 ވަނަ ދުވަހަށް ހުޅުވުމަށް، ވާންޖެހޭ ތައްޔާރިތައް ވަމުން އަންނަ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މި މާރުކޭޓުގައި ދަނޑުވެރިކަން ކުރާ 7 ރަށަކުން ބައިވެރިވެފައިވާއިރު، މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސެސް(އެމްގެޕް) ސެޓިފައިޑް ވެފައިވާ 10 ދަނޑުގެ އުފެއްދުންތައް ވެސް ލިބިގެން ދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި މާރުކޭޓުން ވިއްކާނީ ރާއްޖޭގެ ދަނޑުތަކުގައި، އުފައްދާ ތަކެއްޗެވެ. އަދި މި މާރުކޭޓްގައި ތަކެތި ވިއްކުމުގައި ހަރަކާތްތެރި ވާނީ ދިވެހިންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC