logoEN
Sto top
ށ. ގޮއިދޫގައި ހަދަމުން އަންނަ ގްރީން ހައުސްތަގެ ބޮޑު ބައި ނިމިއްޖެ

ށ. ގޮއިދޫގައި ހަދަމުން އަންނަ ގްރީން ހައުސްތަގެ ބޮޑު ބައި ނިމިއްޖެ

# ދަނޑުވެރިކަން# ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ

ފޮޓޯ: ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާ

ށ. ގޮއިދޫގައި ގާއިމުކުރާ ގްރީން ހައުސްތަކުގެ 75 އިންސައްތައިގެ މަސައްކަތް ނިމިއްޖެއެވެ.

Wamco

މިއީ އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރ ޑިވެލޮޕްމެންޓް (އިފާޑް)އާއި ދިވެހި ސަރުކާރާއި ގުޅިގެން މި މިނިސްޓްރީން ކުރިއަށް ގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް(މެޕް) އިން ކުރިއަށްގެންދާ މަސައްކަތެކެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނީ މި މަސައްކަތް ކުރަމުންދަނީ އެރަށުގެ ކައުންސިލްގެ ފުރިހަމަ އެހީތެރިކަމާއި އެކުގައި ކަމަށެވެ.

ށ. ގޮއިދޫ ފާހަގަ ކުރެވެނީ ޒަމާނީ ދަނޑުވެރިކަމަށް ލޯ ހުޅުވިފައިވާ، އަދި ދަނޑުވެރިކަމުގައި ކުރިޔަށް ދިއުމަށް ޝައުގާއި އެކު މަސައްކަތް ކުރަމުން އަންނަ ދަނޑުވެރިންތަކެއް ތިބި ރަށެކެވެ. އެގޮތުން އެރަށުން 10 ދަނޑެއް ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ 5 މޮޑިއުލް ހިމެނޭ މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސް(އެމްގެޕް) ސެޓްފައިޑް ވެފައެވެ.

މީގެ އިތުރުން އެރަށުގައި، ދަނޑުވެރިކަމުގެ އުފެއްދުންތަކުން އަގު އެއްކޮށް ބާޒާރަށް ނެރުމަށް، ފެސިލިޓީއެއް ވަނީ ޤާއިމުކޮށް ނިމިފައެވެ. މިހާރު ކުރަމުން ދަނީ އެތަނަށް ބޭނުންވާ މެޝިނަރީތައް ހޯދުމުގެ މަސައްކަތެވެ.

މެޕް ޕްރޮޖެކްޓުން ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް އަންނަނީ ގިނަ ޕްރޮޖެކްޓުތަކާއި، ތަމްރީންތައް ހިންގަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC