logoEN
WAMCO TOP 1
އާންމުކޮށް ހުޅުވާލައިގެން އެމް.އާރް ވެކްސިން ދޭން ފަށައިފި

އާންމުކޮށް ހުޅުވާލައިގެން އެމް.އާރް ވެކްސިން ދޭން ފަށައިފި

# ހިމަ ބިހި# އެޗްޕީއޭ

އެޗްޕީއޭ

ހިމަބިހިން ރައްކާތެރިވުމުގެ ގޮތުން އާންމުކޮށް ހުޅުވާލައިގެން އެމް.އާރް ވެކްސިން ދޭން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފި އެވެ.

THE TRAVELLER AD

އެޗްޕީއޭއިން ބުނީ ހިމަ ބިއްހީގެ ބައްޔަށް ޕޮޒިޓިވްވި 173 އެކްޓިވް ކޮންޓެކްޓުން މިހާރުވެސް މޮނިޓަކުރަމުންދާއިރު، ފޭސްތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސިއްހީ ހިދުމަތްތެރިންނާއި 18 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށް ކަމަަށެވެ.

މި އުމުރުފުރާއަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ 28 ޖޫން އިން ފެށިގެން 30 ޖޫންގެ ނިޔަލަށްކަން އެޗްޕީއޭ އިން ފާހަގަކުރާއިރު، މާލޭގައި ވެކްސިން ދޭ ތަންތަނާއި ގަޑިތައް އެޗްޕީއޭގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވަނީ އާންމުކޮށްފަ އެވެ. އަދި އަތޮޅުތަކުގައި ހުންނަ މަރުކަޒުތަކުން ހިދުމަތް ދޭ ގަޑިތައް އެ މަރުކަޒަކުން އިއުލާންކުރާނެ ކަމަށް އެޗްޕީއޭ އިން ބުނި އެވެ.

View post on Twitter

ވެކްސިން ދިނުމުގެ ދެވަނަ ޓާގެޓް ގްރޫޕަކީ އުމުރުން 30 އަހަރުން ދަށުގެ، ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކެވެ. މި ގްރޫޕަށް ވެކްސިން ދިނުމުގެ މަސައްކަތް ޖޫން މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިއުމަށް ދަނީ ތައްޔާރުވަމުންނެވެ.މީގެ އިތުރުން، 49 އަހަރުން ދަށުގެ، ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ ތިންވަނަ މަރުހަލާއެއް ކުރިއަށް ގެންދިއުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިނުވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހާތަނަށް 220 ކޮންޓެކްޓުންނަށް ވަނީ ވެކްސިން ދީފަ އެވެ.ފުރަންޓްލައިންގައި މަސައްކަތް ކުރާ ސިއްޙީ ހިދުމަތްތެރިންގެ ތެރެއިން 1537 މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ.

ހިމަބިހީގެ އައުޓްބްރޭކާ ގުޅިގެން ސިއްޙީ ހިދުމަތްތެރިން ހޭލުންތެރިކުރުމާއި ތަމްރީން ސެޝަންތައް ވަނީ ކުރިއަށްގެންގޮސްފަ އެވެ. އަދި ސަވައިލަންސް މަސައްކަތްތައްވެސް ހަރުދަނާކުރަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެ އެވެ. އެޗްޕީއޭއީން ދަނީ މި ބައްޔާމެދު އާއްމުން ހޭލުންތެރިކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC