logoEN
WAMCO TOP 1
އައިކޮމްއަށް ފޮނުވި އީމެއިލަކީ ކައުންސިލްގެ ނިންމުމެއް ނޫން، އެއީ މުވައްޒަފު އަމިއްލައަށް ފޮނުވި މެއިލެއް: ސިޓީ ކައުންސިލް

އައިކޮމްއަށް ފޮނުވި އީމެއިލަކީ ކައުންސިލްގެ ނިންމުމެއް ނޫން، އެއީ މުވައްޒަފު އަމިއްލައަށް ފޮނުވި މެއިލެއް: ސިޓީ ކައުންސިލް

އަހުމަދު ޝުރާއު

logo

7/8/2026, 2:54:09 PM

# މާލެ ސިޓީ ކައުންސިލް

-

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ (އާރުޓީއައި) ދަށުން މަޢުލޫމާތު ހޯދުމަށް އެދޭ ފަރާތްތަކަށް، ޚާއްޞަ އިސްކަމެއް ދީގެން ދުވަހުން ދުވަހަށް ފުރިހަމައަށް މަޢުލޫމާތު ފޯރުކޮށްދެމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

THE TRAVELLER AD

ސިޓީ ކައުންސިލުން މިއަދު ބުނީ މޭޔަރުކަމުގެ މަޤާމަށް އާދަމް ޢާޒިމް އިންތިޚާބުވެވަޑައިގެންނެވި ފަހުން، ކޮންމެ ހަފުތާއެއްގައި ބާއްވާ ކައުންސިލްގެ އިސްވެރިންގެ ބައްދަލުވުމުގެ އެޖެންޑާގެ އެންމެ ފުރަތަމަ ނަމްބަރަކަށް އަބަދުވެސް އޮންނަނީ އާރުޓީއައި މެދުވެރިކޮށް މަޢުލޫމާތު ހޯދުމަށް އެދިފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ކުރެވިފައިވާ މަސައްކަތްތަކުގެ އަދާހަމަ ކަމަށެވެ. މި މަސައްކަތް ގޮސްފައިވާ ހިސާބު ވެރިންގެ ބައްދަލުވުމަށް ހުށަހަޅަނީ އެކަމަށް ޚާއްޞަކޮށްފައިވާ މުއައްޒަފުންނެވެ. އެއަށްފަހު، ލީގަލް ސެކްޝަނުން އެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރި މަސައްކަތްތައް ހުށަހެޅުމުން، ހުށަހެޅިފައިވާ ފޯމުތަކުގެ މަޢުލޫމާތު ވީހައި އަވަހަށް ފޯރުކޮށްދިނުމަށް ކޮންމެ ހަފުތާއަކު ވެސް ނިންމަމުންދާކަން ކައުންސިލްގެ ރެކޯޑްތަކުން އެނގޭ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 7 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، އާރުޓީއައި މެދުވެރިކޮށް މައުލޫމާތެއް ހޯދަން ހުށަހެޅުމުން އެ މައުލޫމާތު ފުރަތަމަ ލިބޭނީ ކައުންސިލްގެ އާރުޓީއައި ބަލަހައްޓާ ފަރާތަށް ކަމަށެވެ. އަދި އެފަރާތުން ކައުންސިލްގެ އިސް ވެރިންނަށާއި ލީގަލް ޓީމަށް ހިއްސާކުރުމުން، އެދިފައިވާ މައުލޫމާތު އާންމުންނަށް ދެމުން އަންނަ ކަމަށް މޭޔަރު ވިދާޅުވިއެވެ.

އެހެންނަމަވެސް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް (އައިކޮމް) ކައުންސިލުން އިއްޔެ ފޮނުވި އީމެއިލްއަކީ ކައުންސިލްގެ އާރުޓީއައި ބަލަހައްޓާ މުވައްޒަފު އަމިއްލައަށް ފޮނުވި މެއިލެއް ކަމަށާއި، އެއީ ކައުންސިލްގެ ރަސްމީ ނިންމުމެއް ނޫން ކަމަށް މޭޔަރު ޢާޒިމް ސާފުކޮށްދެއްވިއެވެ.

ކައުންސިލުން އިތުރަށް ބުނީ، އޮންނަ އުޞޫލުގެ ދަށުން ސަރުކާރުގެ ގެޒެޓްގައި ޢިއުލާންކޮށްގެން ނޫން ގޮތަކަށް ސިޓީ ކައުންސިލުން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށާއި، މުދާ ހޯދުމުގައި ވެސް އަމަލުކުރަނީ މީގެ ދަށުން ކަމަށެވެ. މިއީ މާލެ ސިޓީގެ ހުރިހާ ކަމެއް ދެފުށް ފެންނަ، ޖަވާބުދާރީ ކުރުވަނިވި ގޮތަކަށް ކުރިއަށްދާކަން ޔަގީންކޮށް ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށް ކުރާ ކަމެކެވެ.

މިހާ ސާފުކޮށް ކަންކަން ހިނގަމުންދާއިރު، ސައްހަ މައުލޫމާތު ފަސޭހައިން ލިބެން އޮއްވައި އެ ފުރުސަތުގެ ބޭނުން ނުހިފައި، އާންމުންނަށް ކަންއޮތް ގޮތް އޮޅޭ ގޮތަށް ޚަބަރު ޝާއިޢުކުރުމަކީ ކައުންސިލުން ނުހަނު ހިތާމަކުރާ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ. އެހެންކަމުން، ކައުންސިލުގެ ކަންކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ޝާއިޢުކުރާއިރު، ކައުންސިލާ ގުޅުއްވައިގެން ޞައްޙަ މަޢުލޫމާތު ހޯދުމަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC