logoEN
WAMCO TOP 1
މާދަވަން އޭނާގެ ދަރިފުޅަށް ދަސްކޮށްދިން ދިރިއުޅުމުގެ ދެ ފިލާވަޅު!

މާދަވަން އޭނާގެ ދަރިފުޅަށް ދަސްކޮށްދިން ދިރިއުޅުމުގެ ދެ ފިލާވަޅު!

ސާރާ އަހުމަދު

logo

7/14/2026, 12:04:05 PM

# ބޮލީވުޑް

މަޝްހޫރު އެކްޓަރު އާރް މާދަވަން އާއި ދަރިފުޅު ވެދާންތު މާދަވަން

މަޝްހޫރު އެކްޓަރު އާރް މާދަވަން ދާދިފަހުން ވަނީ އޭނާގެ ދަރިފުޅު ވެދާންތު މާދަވަން ތަރުބިއްޔަތު ކުރުމުގައި އެންމެ އިސްކަންދިން ކަންތައްތަކާ ބެހޭގޮތުން ވާހަކަދައްކާފައެވެ.

THE TRAVELLER AD

މާދަވަން ބުނިގޮތުގައި، އޭނާ ބޭނުންވީ ދަރިފުޅަށް ލިބިފައިވާ އަރާމު ދިރިއުޅުމުގެ އަގު ވަޒަންކުރަން ދަސްކޮށްދިނުމަށާއި، މަސައްކަތުގެ އަގު ވަޒަންކުރުމަށެވެ. އަދި މީހެއްގެ މާލީ ނުވަތަ އިޖުތިމާއީ ފެންވަރަށް ބެލުމެއްނެތި ކޮންމެ މީހަކަށްވެސް އިހުތިރާމް ކުރަން ދަސްކޮށްދިނުމަށެވެ.

ޔޫޓިއުބް ޗެނަލެއްގައި ވާހަކަދައްކަމުން މާދަވަން ބުނީ، ކުޑަކުދިންނަށް ޝުކުރުވެރިވުމުގެ ސިފަ ދަސްކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

'އަހަރެމެންނަކީ މެދު ފަންތީގެ އާއިލާއަކުން އައި ބައެއް ނަމަވެސް، އަހަންނަށް މަސައްކަތުން ލިބުނު ކާމިޔާބީގެ ސަބަބުން ދަރިފުޅު ބޭނުންވި ކޮންމެ އެއްޗެއް ހޯދައިދިނުމުގެ ގާބިލުކަން ލިބުނު. އެކަމަކު އޭގެ ސަބަބުން ދިމާވެދާނެ ގޮންޖެހުންތައްވެސް އަހަންނަށް ވިސްނުނު،' އޭނާ ބުންޏެވެ.

މާދަވަން ބުނިގޮތުގައި، އޭނާގެ ދަރިފުޅު އުޅޭ އަރާމު ދިރިއުޅުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދެކެން އޭނާ ބޭނުމެއް ނުވިއެވެ. 'އަހަރެން ވެދާންތަށް ދެ ކަމެއް ދަސްކޮށްދޭން ބޭނުންވި. ފުރަތަމަ ކަމަކީ ޝުކުރުވެރިވުން. ކުދިންނަށް އެނގެންޖެހޭނެ އެމީހުންނަށް މިފަދަ ދިރިއުޅުމެއް މިލިބެނީ އެހެން މީހަކު ވަރަށް ބުރަ މަސައްކަތް ކޮށްގެންކަން،' އޭނާ ކިޔައިދިނެވެ.

މިކަން ވިސްނައިދިނުމަށް އަމަލީ މިސާލުތައް ބޭނުންކުރި ގޮތް ހިއްސާކުރަމުން މާދަވަން ބުންޏެވެ. 'ބައެއް ފަހަރު އަހަރެންގެ ގޭގައި ކައްކަން އުޅޭ މީހާގެ މުސާރަ ދަރިފުޅަށް ކިޔައިދީފައި ބުނަން، ދަރިފުޅަށް ހަދިޔާއަކަށް މިލިބުނު ކުޅޭ އެއްޗަކީ ކިހާ އަގުބޮޑު އެއްޗެއްކަން އެނގޭ ހޭ؟ އެ ކައްކާ މީހާ މުޅި އަހަރު އެ ބަދިގޭގައި މަސައްކަތް ކުރިޔަސް މީގެ ބައެއްވެސް ނުގަނެވޭނެއޭ. އެ ވާހަކައިން ދަރިފުޅަށް ވަރަށް ބޮޑު އަސަރެއް ކުރި.'

ޝުކުރުވެރިވުމުގެ އިތުރުން، މާދަވަން ދަސްކޮށްދިން ދެވަނަ ފިލާވަޅަކީ ކޮންމެ މީހަކަށްވެސް އިހުތިރާމް ކުރުމެވެ. ގޭގެ ލިފްޓް އޮޕަރޭޓަރުންނާއި، ސެކިއުރިޓީ ގާޑުންނާއި، ޑްރައިވަރުންނާ މުޚާތަބުކުރާއިރު 'ދީދީ' ނުވަތަ 'ބައްޔާ' ފަދަ އިހުތިރާމްގެ ލަފުޒުތައް ބޭނުންކުރަން އޭނާ ދަރިފުޅަށް ދަސްކޮށްދިނެވެ.

މާދަވަން ފާހަގަކުރި ގޮތުގައި މިއީ ހަމައެކަނި އަދަބުވެރިކަމެއް ނޫނެވެ، މިއީ ތިމާގެ ވަށައިގެންވާ މާހައުލަށް ލޯހުޅުވި، އެހެން މީހުންގެ އިހުސާސްތައް ދެނެގަތުމަށް ދަސްކޮށްދިނުމެވެ.

ކޮމެންޓް
ފަހުގެ
HDC