logoEN
WAMCO TOP 1
ވޯޓާ ފާސްޓިންގްއިން ކުނާލް ކޭމޫ ބަރުދަނުން 9 ކިލޯ ހިއްކާލައިފި

ވޯޓާ ފާސްޓިންގްއިން ކުނާލް ކޭމޫ ބަރުދަނުން 9 ކިލޯ ހިއްކާލައިފި

ސާރާ އަހުމަދު

logo

7/14/2026, 8:50:57 AM

# ބޮލީވުޑް

ކުނާލް ކޭމޫ

ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ކުނާލް ކޭމޫ މިވަނީ އޭނާގެ ހަށިގަނޑަށް ގެނައި ބޮޑު ބަދަލާއި ބަރުދަން ލުއިކުރި ގޮތުގެ ތަޖުރިބާ ސަޕޯޓަރުންނާ ހިއްސާކޮށްފައެވެ.

THE TRAVELLER AD

ކުނާލް ކޭމޫ ހާމަކުރި ގޮތުގައި އޭނާގެ ބަރުދަން 80 ކިލޯއަށް އިތުރުކުރަން ޖެހުނީ އޭނާ ކުޅެން އޮތް ފިލްމެއްގެ ކެރެކްޓާއަކަށް ބޭނުންވާ ސިފަ ގެނައުމަށެވެ.

ނަމަވެސް، އެ ފިލްމުގެ މަސައްކަތް ނިމުމާއެކު އަލުން އާންމު ދިރިއުޅުމަށް ރުޖޫޢަވެ، ފިޓް ހަށިގަނޑެއް ހޯދުމަށްޓަކައި ބަރުދަން ލުއިކުރުމުގެ މަސައްކަތް އޭނާ ފެށިއެވެ. ބަރުދަން ލުއިކުރުމުގެ މި ދަތުރުގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ "24 ގަޑިއިރުގެ ވޯޓާ ފާސްޓިންގް" އިންނެވެ.

ކުނާލް ބުނިގޮތުގައި، މިގޮތަށް ކަންތައް ކުރުމުން އޭނާގެ ބަރުދަނުން 9 ކިލޯ ލުއިވެ، މިހާރު ބަރުދަން ހުރީ 71 ކިލޯގައެވެ.

"އަހަންނަށް ވޯޓާ ފާސްޓިންގް ވަރަށް ރަނގަޅަށް މަސައްކަތްކުރި. މިއީ ހަމައެކަނި ބަރުދަން ލުއިކުރުމެއް ނޫން، ހަށިގަނޑުގައި ހުންނަ ބޭކާރު މާއްދާތައް ބޭރުކޮށްލަން ވެސް ލިބުނު ފުރުސަތެއް،" ކުނާލް ފާހަގަކުރިއެވެ.

އޭނާ ބުނިގޮތުގައި ފާސްޓްކުރާ ދުވަސްތަކުގައި ހަށިގަނޑަށް ބޭނުންވާ ފެނާއި އިލެކްޓްރޯލައިޓްސް ބަރާބަރަށް ބުއިމަށް އޭނާ ސަމާލުކަންދިނެވެ.

ނަމަވެސް، ކުނާލް ވަނީ މިއީ ކޮންމެ ކޮންމެ މީހަކަށް އެންމެ އެކަށީގެންވާ ގޮތަކަށް ނުވެދާނެތީ، މިފަދަ ބޮޑު ޑައިޓެއް ފެށުމުގެ ކުރިން މާހިރުންގެ ލަފާ ހޯދުމަށް އިލްތިމާސްކޮށްފައެވެ.

ކުނާލް ބަރުދަން ލުއިކުރުމަށްފަހު އޭނާގެ ފިޓް ހަށިގަނޑު ދައްކާލާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރުމާއެކު، ގިނަ ބައެއްގެ ސަމާލުކަން ވަނީ މިކަމަށް ހުއްޓިފައެވެ.

ކޮމެންޓް
ފަހުގެ
HDC