
ތަމަންނާ ބާޓިއާ
ތަމަންނާ ބާޓިއާ އަކީ ހަމައެކަނި ހުނަރުވެރި ބަތަލާއެއް އަދި ނަށެމުގެ މާހިރެއް އެކަންޏެއް ނޫނެވެ.

އޭނާއަކީ ގަހަނާގެ ވިޔަފާރި ދަންނަ، އަދި ކޮންމެ ހެދުމަކާ ގުޅުވައިގެން ގަހަނާ އަޅާނެ ގޮތް ރަނގަޅަށް އެނގޭ ކާމިޔާބު ވިޔަފާރިވެރިއެކެވެ. އޭނާ ވަނީ 2026 ޖެނުއަރީގައި "ތަމަންނާ ފައިން ޖުވެލްސް" ގެ ނަމުގައި އަމިއްލަ ބްރޭންޑެއް ތައާރަފްކޮށް، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައެވެ.
އިންޑީއާގެ ނޫހަކަށް އަށް ދިން އިންޓަވިއުއެއްގައި، "ބާހުބަލީ" ގެ ތަރި ތަމަންނާ ވަނީ އޭނާ އެންމެ ފުރަތަމަ އަމިއްލަ ފައިސާއިން ގަހަނާއެއް ގަތް އުމުރު ހިއްސާކޮށްފައެވެ.
އުމުރުން އެންމެ 15 އަހަރުގައި ފިލްމީ ދާއިރާއަށް ނުކުމެ، ވަރަށް ޅައުމުރުގައި އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުނު ނަމަވެސް، އޭނާ އަމިއްލައަށް ގަހަނާއެއް ގަތީ އުމުރުން 23 އަހަރުގައެވެ.
ތަމަންނާ ގަބޫލުކުރާ ގޮތުގައި ގަހަނާއަކީ ހަމައެކަނި އަގުބޮޑު އެއްޗެއް އެކަންޏެއެ ނޫނެވެ. އެއީ މީހާގެ ސްޓައިލް އެއްކޮށް ބަދަލުކޮށްލާ އެއްޗެކެވެ.
އޭނާގެ ބްރޭންޑާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ، ގަހަނާއަކީ ހަމައެކަނި ޚާއްޞަ މުނާސަބަތުތަކަށް ރައްކާކޮށްފައި ބަހައްޓަންޖެހޭ އެއްޗެއް ނޫން ކަމަށާއި، އެއީ އާންމު ދިރިއުޅުމުގެ ކޮންމެ ދުވަހެއްގެ ހެދުމާއެކު ބޭނުންކުރަންޖެހޭ އެއްޗެއް ކަމަށެވެ.
މިހާތަނަށް ތަމަންނާގެ މި ބްރޭންޑުން ވަނީ މްރުނާލް ތާކުރް، ޚުޝީ ކަޕޫރު އަދި ސަމަންތާ ފަދަ މަޝްހޫރު ތަރިންނާއެކު މަސައްކަތްކޮށްފައެވެ.
ގުޅުންހުރި

ގަހަނާއާ ނުލާވެސް ކައިވެނީގެ ރީތިކަން ގެނެސްދެވިދާނެކަން ކެރެލާގެ ކޮންޓެންޓް ކްރިއޭޓަރަކު ސާބިތުކޮށްދީފި

ތަމަންނާ އަމިއްލަ ފައިސާއިން ފުރަތަމަ ގަހަނާއެއް ގަތް އުމުރު ހާމަކޮށްފި

ވޯޓާ ފާސްޓިންގްއިން ކުނާލް ކޭމޫ ބަރުދަނުން 9 ކިލޯ ހިއްކާލައިފި
.jpeg&w=3840&q=75)



