logoEN
WAMCO TOP 1
ގަހަނާއާ ނުލާވެސް ކައިވެނީގެ ރީތިކަން ގެނެސްދެވިދާނެކަން ކެރެލާގެ ކޮންޓެންޓް ކްރިއޭޓަރަކު ސާބިތުކޮށްދީފި

ގަހަނާއާ ނުލާވެސް ކައިވެނީގެ ރީތިކަން ގެނެސްދެވިދާނެކަން ކެރެލާގެ ކޮންޓެންޓް ކްރިއޭޓަރަކު ސާބިތުކޮށްދީފި

ސާރާ އަހުމަދު

logo

7/14/2026, 11:03:48 AM

# ބޮލީވުޑް

--

އިންޑިއާގެ ކައިވެނިތަކަކީ އާންމުކޮށް ކުލަގަދަ ބޮޑެތި ހެދުންތަކާއި، ވިދާ ގަހަނާތަކުން ފުރިގެންވާ ހަފުލާތަކެކެވެ.

THE TRAVELLER AD

ކައިވެނީގެ ސަގާފީ ހަފުލާތަކުގައި ގަހަނާއަކީ އެންމެ މުހިންމު ދައުރެއް އަދާކުރާ އެއްޗަށް ވީނަމަވެސް، ކެރެލާގެ ކޮންޓެންޓް ކްރިއޭޓަރ އެއް މިވަނީ މި ޒަމާންވީ އާދަކާދައާ ޚިލާފަށްް، ކައިވެނީގައި އެއްވެސް ރަން، ރިހި ނުވަތަ ގަހަނާއެއް ބޭނުންނުކޮށް ހަފްލާ ނިންމާލާފައި އެވެ.

ކެރެލާއަށް ނިސްބަތްވާ މަޝްހޫރު ކޮންޓެންޓް ކްރިއޭޓަރު ހަރްޝާ ޕާތޫ، ނާޒިމް މުހައްމަދާ ކައިވެނިކުރީ ވަރަށް ސާދާ ހަފްލާއެއްގައިއެވެ.

ނަމަވެސް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ކައިވެނީގެ ފޮޓޯތަކުން އެންމެ ފުރަތަމަ ވެސް އެންމެންގެ ސަމާލުކަން އަތުލީ އެއްވެސް ވަރަކަށް ގަހަނާ ބޭނުންކޮށްފައި ނުވާ ކަމެވެ.

އާންމުކޮށް ވަރަށް އާދައިގެ 'ކްލީން ގާލް' ކައިވެނީގެ ލުކެއްގައިވެސް ކޮންމެވެސް ވަރަކަށް ގަހަނާ ބޭނުންކުރެއެވެ.

އޭނާ ވަނީ ކަންފަތުގައި އަޅާ ޖުމްކާ، ނިތްކުރީގައި އަޅާ މާންގް ތިއްކާ ނުވަތަ ބިންދީ ފަދަ އެންމެ އަސާސީ ގަހަނާވެސް ދޫކޮށްލާފައެވެ. ހަރްޝާގެ މި ސިފައަކީ ސާދާ ކައިވެނީގެ އެންމެ ފުރިހަމަ މިސާލެވެ.

އޭނާގެ މޭކަޕްވެސް ބަހައްޓާފައިވަނީ ހަމަ އެ ވައިބާ ގުޅޭގޮތަށް ވަރަށް ގުދުރަތީ، 'ނޯ-މޭކަޕް' މޭކަޕް ލުކްއެއްގައެވެ.

ގަހަނާއަކީ ކައިވެނީގެ ހެދުމަށް ކޮންމެހެން ބޭނުންތެރި އެއްޗެއްގެ ގޮތުގައި ދެކެވޭ ދެކެވުން ހަރްޝާ މިވަނީ ބަދަލުކޮށްލާފައެވެ. އޭނާ ދައްކައިދިނީ އެއްވެސް ގަހަނާއަކާ ނުލާވެސް ކައިވެނީގެ ހެދުން އެހާމެ ފުރިހަމަވެފައި ޝާހީ ކުރެވިދާނެ ކަމެވެ.

މި ސިފަ އެންމެ ފުރިހަމައަށް ދައްކައިދިނީ އޭނާ އަޅައިގެން ހުރި ރީތި ސާޅީއެވެ. ރަތް ކުލައިގެ މި ސާޅީއަކީ ވަރަށް ގަދަ ވައިން ކުލައިގެ ސާޅީއެކެވެ. މިއާއެކު އޭނާ ލާފައިވަނީ މާތަކުގެ އެމްބްރޮއިޑަރީ ކުރެހުންތައް ހުރި އަތްދިގު ބްލައުޒްއެކެވެ.

ކޮމެންޓް
ފަހުގެ
HDC