logoEN
WAMCO TOP 1
ވެމްޕަޔަރ ޑައިރީސްގެ ތަރި ޕޯލް ވެސްލީ އާއި ނަޓެލީ ކަކެންބާގް ކައިވެނިކޮށްފި

ވެމްޕަޔަރ ޑައިރީސްގެ ތަރި ޕޯލް ވެސްލީ އާއި ނަޓެލީ ކަކެންބާގް ކައިވެނިކޮށްފި

ސާރާ އަހުމަދު

logo

7/14/2026, 8:50:54 AM

# ހޮލީވުޑް

--

"ދަ ވެމްޕަޔަރ ޑައިރީސް" ގައި ސްޓެފަން ސަލްވަޓޯރގެ ރޯލުން ބެލުންތެރިންގެ މަގުބޫލުކަން ހޯދި އެކްޓަރު ޕޯލް ވެސްލީ އާއި އޭނާގެ ލޯބިވެރިޔާ، މޮޑެލް ނަޓެލީ ކަކެންބާގް ކައިވެނިކޮށްފިއެވެ.

THE TRAVELLER AD

މި ދެތަރިން ކައިވެނިކުރީ އިޓަލީގައި ބޭއްވި ސިއްރު އަދި ހާއްސަ ހަފުލާއެއްގެ ތެރެއިންނެވެ. މި ހަފުލާގައި ބައިވެރިވެފައިވަނީ ދެ ފަރާތުގެ އާއިލާގެ މެންބަރުންނާއި ވަރަށް ގާތް ރައްޓެހިން އެކަންޏެވެ.

ޕޯލް އާއި ނަޓެލީގެ ލޯބީގެ ގުޅުން ފުރަތަމަ މީޑިއާއަށް ތިލަވީ 2022 ވަނަ އަހަރުގެ ފަހުކޮޅު، އިޓަލީން އެމީހުން އެކުގައި ފެނުމާ ގުޅިގެންނެވެ. އޭގެފަހުން އެކި އިވެންޓްތަކުންނާއި ސޯޝަލް މީޑިއާ އިން މި ދެތަރިންގެ ގާތްކަން އަބަދުވެސް ފެނެއެވެ.

މިއީ އުމުރުން 43 އަހަރުގެ ޕޯލް ވެސްލީގެ ތިންވަނަ ކައިވެންޏެވެ. މީގެކުރިން އޭނާ ވަނީ ބަތަލާ ޓޮރީ ޑިވިޓޯ އަދި އިނެސް ދި ރާމޯއާ ކައިވެނިކޮށްފައެވެ.

ނަމަވެސް، 24 އަހަރުގެ މޮޑެލް ނަޓާލީއާއެކު އޭނާ މިފެށި އާ ސަފުހާއަކީ އޭނާގެ ދިރިއުޅުމަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އާއިލާގެ ފަރާތުން ބުނެފައިވެއެވެ.

ކައިވެނީގެ ރީތި ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރުމާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި "ވެމްޕަޔަރ ޑައިރީސް" ގެ ފޭނުން ދަނީ މި ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC