logoEN
WAMCO TOP 1
ސްޓެލްކޯގެ ދަށަށް ބަދަލުވި މ. އަތޮޅުގެ ރަށްތަކުގެ ކަރަންޓުގެ ޚިދުމަތް ޒަމާނީކުރަނީ

ސްޓެލްކޯގެ ދަށަށް ބަދަލުވި މ. އަތޮޅުގެ ރަށްތަކުގެ ކަރަންޓުގެ ޚިދުމަތް ޒަމާނީކުރަނީ

އަހުމަދު ޝުރާއު

logo

7/5/2026, 4:55:37 PM

# ސްޓެލްކޯ

-

މުލަކަތޮޅުގެ ރަށްތަކުގެ ޔުޓިލިޓީ ޚިދުމަތްތަކާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ޙަވާލުވުމަށްފަހު، އެ ރަށްތަކުގެ ޚިދުމަތުގެ ފެންވަރު އެ ކުންފުނިން ޤަބޫލުކުރާ މިންގަނޑަށް މަތިކުރުމުގެ ބޮޑު މަސައްކަތެއް ރަސްމީކޮށް ފަށައިފިއެވެ.

THE TRAVELLER AD

އެގޮތުން، އެ ރަށްރަށުގެ ޕަވަރހައުސްތަކުގައި ފިއުލް ސީދާ މޮނިޓަރކޮށް އެންމެ އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ ޚާއްސަ ސްޓޯރޭޖް ޓޭންކްތައް އެ ރަށްރަށަށް ފޮނުވުމުގެ އަމަލީ މަސައްކަތް ސްޓެލްކޯއިން މިހާރު ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ.

ސަރުކާރުގެ ބައެއް ކުންފުނިތައް ކޮޅަށްޖަހައި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ ހަރުދަނާ އިޞްލާޙީ ފިޔަވަޅުތަކުގެ ދަށުން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މ. އަތޮޅުގެ 8 ރަށަކަށް ދެމުންދިޔަ ޔޫޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ރަސްމީކޮށް ޙަވާލުކުރީ މިިދޔަ މަހުގެ 6 ވަނަ ދުވަހުއެވެ. މި ބަދަލާއެކު ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުވެގެންދިޔަ ރަށްތަކަކީ މ. މުލި، ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، މުލައް، ނާލާފުށި، ރަތްމަންދޫ އަދި ވޭވަށެވެ.

ފެނަކައިގެ ދަށުން ހިންގަމުންދިޔަ ބައެއް ސަރަޙައްދުތަކުގެ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކުރަމުންދަނީ ސަރުކާރު ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ކުންފުނިތަކުގެ ހިންގުން ބަދަލުކުރުމަށް ފެށި ބޮޑު އިޞްލާޙީ އެޖެންޑާގެ ދަށުންނެވެ. އެގޮތުން ފެނަކައިން ވަނީ، މިދިޔަ އޭޕްރިލް މަހުގެ ތެރޭގައިވެސް އެ ކުންފުނިން ރާއްޖޭގެ 3 އަތޮޅެއްގެ ރަށްތަކަށް ދެމުންދިޔަ ޔޫޓިލިޓީ ޚިދުމަތްތައް ދިނުމުގެ ބޮޑު ޒިންމާ ސްޓެލްކޯއާ ރަސްމީކޮށް ޙަވާލުކޮށްފައެވެ. މިއީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، އިސްރާފު ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެ ކުންފުނީގެ ދަށުން ޚިދުމަތްދޭ ހުރިހާ ރަށެއްގައި ވެސް މެދުނުކެނޑި، އިތުބާރު ހުރި ކަރަންޓުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ. މ. އަތޮޅުގެ ރަށްތަކުގެ ޕަވަރހައުސްތަކުގެ ހިންގުން ބަދަލުކޮށް، އައު ވަސީލަތްތައް ގާއިމުކުރަން ފެށުމާއެކު، ކުރިއަށް އޮތް ތަނުގައި އެ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތަށް ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބި، ޚިދުމަތްތަކުގެ ފެންވަރު އެތައް ގުނައެއް މަތިވެގެންދާނެ ކަމަށް އެ ކުންފުނިން ޔަގީންކަންދެއެވެ.

ކޮމެންޓް
ފަހުގެ
HDC