logoEN
WAMCO TOP 1
ސްޓެލްކޯގެ މުސްތަގުބަލަށް ލީޑަރުން ބިނާކުރަން ޔުނިޓް ހެޑުންނަށް ހިންގި ޚާއްސަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

ސްޓެލްކޯގެ މުސްތަގުބަލަށް ލީޑަރުން ބިނާކުރަން ޔުނިޓް ހެޑުންނަށް ހިންގި ޚާއްސަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

އަހުމަދު ޝުރާއު

logo

7/1/2026, 7:08:25 AM

# ސްޓެލްކޯ

-

ކުންފުނީގެ މުސްތަގުބަލަށް ބޭނުންވާ ގާބިލު އަދި ހުނަރުވެރި ލީޑަރުން ބިނާކުރުމުގެ މުހިންމު މަގުސަދުގައި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ޔުނިޓް ހެޑުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ 'އޯގަނައިޒޭޝަނަލް ލީޑަރޝިޕް ރެޑިނަސް ޕްރޮގްރާމް' ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

THE TRAVELLER AD

ކުންފުނީގެ އިސް ސަފުގައި މަސައްކަތްކުރާ މުވައްޒަފުން ތަރައްގީކުރުމަށް ހިންގި މި ޕްރޮގްރާމަކީ ކުންފުނީގެ ކުރިމަގަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީގައި ދެ ދުވަހަަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ، ކުންފުނީގެ މަސައްކަތުގެ މާހައުލު ހަރުދަނާ ގޮތެއްގައި ބައްޓަންކުރުމެވެ. އަދި އޭގެ އިތުރުން މުވައްޒަފުންގެ ހުނަރުތައް ކުރިއެރުވުމުގައި ޔުނިޓް ހެޑުން އަދާކުރާ މުހިންމު ދައުރު މިހާރަށްވުރެ ބޮޑަށް ހަރުދަނާކޮށް، ޒަމާނީ ލީޑަރޝިޕްގެ ސިފަތައް އަށަގެންނެވުމަކީވެސް މި ޕްރޮގްރާމްގެ ބޮޑު އަމާޒެކެވެ.

މިފަދަ ބޭނުންތެރި ޕްރޮގްރާމްތައް މެދުވެރިކޮށް، ކުންފުނިން ރައްޔިތުންނަށްދޭ ޚިދުމަތްތައް ފުޅާކުރުމަށާއި ކުންފުނީގެ މާސްޓަރ ޕްލޭންގެ ލަނޑުދަނޑިތައް އެންމެ ފުރިހަމައަށް ހާސިލުކުރުމަށް ޔުނިޓްތަކުގެ ވެރިންނަށް އިތުރު ހިތްވަރަކާއި އައު އުކުޅުތަކެއް ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން ގަބޫލުކުރެއެވެ. ދެ ދުވަހުގެ މި ތަމްރީނުތަކުގައި ލީޑަރޝިޕްގެ ތަފާތު ހުނަރުތަކާއި، މައްސަލަތައް ހައްލުކުރުމާއި، އަދި ޓީމުތައް ގޮވައިގެން ކުރިއަށްދާނެ ގޮތްތަކުގެ އަމަލީ ތަމްރީނުތައް ވަނީ ބައިވެރިންނަށްދީފައެވެ.

ކޮމެންޓް
ފަހުގެ
HDC