logoEN
WAMCO TOP 1
މަސްތުވާތަކެތީގެ މައްސަލައެއްގައި ހިންނަވަރުން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހިންނަވަރުން މީހަކު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

7/13/2026, 10:03:02 AM

# ޅ ހިންނަވަރު

-

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ޅ. ހިންނަވަރުން މީހަކު ހައްޔަރުކޮށްފިއެވެ.

THE TRAVELLER AD

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބޮޑުކެކުރިގެ / ޅ. ހިންނަވަރު، އާދަމް ޢަބްދުލްޢަޒީޒު (32އ) އެވެ. މީނާ ހައްޔަރުކޮށްފައިވަނީ މި ޖުލައި މަހުގެ 12ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ހިންނަވަރު ޕޮލިހުން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެ ރަށު ގެއަކުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC