
-
ޅ ހިންނަވަރުގައި ހުންނަ އެއަތޮޅުގެ ތައުލީމީ މަރުކަޒުގެ އައު އިމާރާތުގެ މަޝްރޫއު ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީއާއި ހަވާލުކޮށްފި އެވެ.

ސަރުކާރުން މި މަޝްރޫއު އެފްޑީސީއާއި ހަވާލުކޮށްފައިމިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޅ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހިންނަވަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާޢީލު ޝަފީީޢުއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރައްޒާންއެވެ.
މި މަޝްރޫގެ ދަށުން އެސްކޫލުގައި 8 ކްލާސްރޫމާއި، އެޑްމިން ބްލޮކް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައި އެވެ.
މިއަދު ހިންނަވަރުގައި ފެށިގެން ދިޔަ މަޝްރޫއުތަކާއި ސޮއިކުރެވިގެން ދިޔަ މަޝްރޫއު ތަކާއި ގުޅޭގޮތުން ރައީސް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ، މަޑު ދުވެލީގައި ހިންނަވަރު ތަރައްޤީވަމުން އައި އައުން ނިމުމަކަށް ގެނެސް، ހަރު ދުވެލީގައި ރަށަށް ތަރައްޤީ ގެނައުންކަމުގައި ކަމަށެވެ.
ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހިންނަވަރުން މީހަކު ހައްޔަރުކޮށްފި

ހިންނަވަރު ފިޓްނަސް ސެންޓަރުގެ އަމަލީ މަސައްކަތްވެސް ފަށައިފި

ހިންނަވަރު ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފަށައިފި




