
-
ޅ ހިންނަވަރުގައި ޢިމާރާތްކުރާ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ފައްޓަވައިދެއްވައިފިއެވެ.

ހިންނަވަރު ކައުންސިލް އިދާރާގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޅ އަތޮޅަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި އެރަށަށް ވަޑައިގެން އެ ކަމަށް ޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ބައެއް މެންބަރުންނާއި، ހިންނަވަރު ކައުންސިލްގެ ރައީސާއި އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް (އާރުސީސީ)ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ހިންނަވަރުގައި ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތަކީ، ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތައް އަލުން އެޅުމަށް، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ 55 ކައުންސިލް މަޝްރޫޢުގައި ހިމެނޭ މަސައްކަތެކެވެ. ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 100 އަށްވުރެ ގިނަ ރަށުގެ ކައުންސިލް އިދާރާގެ އައު ޢިމާރާތްތައް ތަރައްޤީކުރެއްވުމެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް، އާރުސީސީއާ ޙަވާލުކޮށްފައިވާ 55 ކައުންސިލް އިދާރާއަކީ 11 މަސްދުވަހުގެ ތެރޭގައި މަސައްކަތްނިންމާ ގޮތަށް ޙަވާލުކުރެވިފައި މަޝްރޫޢެކެވެ. މި މަޝްރޫއުގެ ދަށުން ނިންމާ ކައުންސިލް އިދާރަތައް ނިމޭއިރު، ކައުންސިލް އިދާރާގެ ގޯތީގެ ވަށާފާރު ރާނައި، އޮފީހަށް ބޭނުންވާ ފަރުނީޗަރު ވެސް ފޯރުކޮށްދޭނެއެވެ.
ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހިންނަވަރުން މީހަކު ހައްޔަރުކޮށްފި

ހިންނަވަރު ފިޓްނަސް ސެންޓަރުގެ އަމަލީ މަސައްކަތްވެސް ފަށައިފި

ހިންނަވަރު ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފަށައިފި




