logoEN
WAMCO TOP 1
ހިންނަވަރު ފިޓްނަސް ސެންޓަރުގެ އަމަލީ މަސައްކަތްވެސް ފަށައިފި

ހިންނަވަރު ފިޓްނަސް ސެންޓަރުގެ އަމަލީ މަސައްކަތްވެސް ފަށައިފި

އަހުމަދު ޝުރާއު

logo

10/27/2025, 2:55:21 PM

# ޅ ހިންނަވަރު

-

ޅ ހިންނަވަރުގައި އަލަށް އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފަށައިފި އެވެ.

THE TRAVELLER AD

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަދު ރައީސް ޑރ މުހައްމަދު މުއިއްޒު ޅ އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހިންނަވަރަށް އެމަނިކުފާނު ވަޑައިގެންނެވުމާއިއެކުގައި އެވެ.

އެގޮތުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު އެވެ. އަރިހުގައި ހިންނަވަރު ކައުންސިލްގެ ރައީސް އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަދި އެދާއިރާގެ މަޖިލިސް މެމްބަރު ބައިވެރިވެވަޑައިގެންނެވި އެވެ.

ސަރުކާރުން މި މަޝްރޫއު ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނާއިއެވެ.

ހިންނަވަރު ފިޓްނެސް ސެންޓަރު މަޝްރޫޢު ކުރިއަށްގެންދަން ސަރުކާރުން ފެނަކަ ކޯޕަރޭޝަންއާއެކު ސޮއިކުރީ އިއްޔެ އެވެ.

މި ހުރިހާ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތްތައް ވީހާވެސް އަވަހަށް ފެށުމަށް މަސައްކަތްކުރަމުން އަންނައިރު، ދެ އަހަރުގެ ތެރޭގައި ހުރިހާ މަޝްރޫޢުއެއް ފުރިހަމަކުރުމަކީ ސަރުކާރުގެ އަމާޒެވެ.

ކޮމެންޓް
ފަހުގެ
HDC